Advertisement
އަރަބިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް --

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ

އަންނަ ދިރާސީ އަހަރު އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވައި އެ ތަނުގައި ކިޔަވާދޭން ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޕީއެންސީގެ ކެންޑިޑޭޓް އިންތިހާބުވުމުގެ އުފަލުގައި ރޭ އެ ރަށުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނިމިދިޔަ ދެ ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ވަނީ އެމްޑީޕީ ސަރުކާރުން އަރަބި އިސްލާމީ ތައުލީމު ނައްތާލަން މަސައްކަތް ކުރި ކަމަށް ވިދާޅުވެފަ އެވެ.

Advertisement

އެގޮތުން އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ހަމައެކަނި ސުކޫލު ތަޅާލައި މަގުމަތިކުރި ކަމުގައި ވިދާޅުވި އެވެ.

“ރެފިއުޖީންގެ ގޮތުގައި ހެދޭ އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރީން. އެހެން ނަމަވެސް ބިނާކުރަނިވި ފިކުރުން މިވަނީ އަރަބިއްޔާ ސުކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ ސުކޫލެއް އަޅާ ދެމުން މި ދަނީ. އިރާދަކުރެއްވިއްޔާ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު އެ ސުކޫލުގައި ކިޔަވައިދޭން ފެށިގެންދާނެ,” ޕީއެންސީގެ ފިކުރަނީ އިސްލާމްދީނަށް ނަސްރުދީ ބިނާކުރަނިވި ފިކުރެއް ކަމުގައި ވިދާޅުވާ ވިދާޅުވުން ރައީސް ރޭ ތަކުރާރު ކުރެއްވި އެވެ.

އަރަބިއްޔާ ސުކޫލު އިމާރާތް ކުރުމަށް މިދިޔަ ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ދައުރު ނިމުނުއިރު ވެސް އެކަން ފެށިފައިވެސް ނުވެ އެވެ.

މި ސަރުކާރުން ދަނީ އާރުސީސީއާ ހަވާލުކޮށްގެން އަރަބިއްޔާ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރީގެ އެއްނަންބަރު ކުނިކޮށި ހުރި ބިމުގައި އެ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް އާރުސީސީން ދަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ.

އާރުސީސީއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މިވަގުތު އެންމެ އިތުބާރުހުރި ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބަރަކާ ޗެރިޓީގެ އެހީތެރިކަމާއެކު، ފޯކައިދޫ ސްކޫލުގައި ތަރައްޤީކުރި އާ ކޮމްޕިއުޓަރު ލެބް އިފްތިތާހުކޮށްފި

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް