Advertisement

“އެސްޓީއޯ ވޯލްޑް ކަޕް ފޯރި” ޕްރޮމޯޝަން ފަށައިފި

މިމަހުގެ 11 ގައި ފީފާ ވޯލްޑް ކަޕާ ދިމާކޮށް، ޓީވީތަކާއި ޕްރޮޖެކްޓަރުތަކުން 28 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ “އެސްޓީއޯ ވޯލްޑް ކަޕް ފޯރި” ޕްރޮމޯޝަނެއް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި ފިލިޕްސް ބްރޭންޑުގެ ޓީވީ، އެލްޖީ ބްރޭންޑުގެ ޓީވީ އަދި އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރު ހިމެނެއެވެ. ރީޓެއިލް ކަސްޓަމަރުންނަށް 500 ރުފިޔާއިން މަތީގެ ވިޔަފާރިކޮށްގެން ބައިވެރިވެވޭ މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް، ދެ މީހަކަށް ފަސް ދުވަހުގެ މެލޭޝިއާ ދަތުރެއް ލިބޭނެއެވެ.

Advertisement

ހޯލްސޭލް ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުން ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. ހޯލްސޭލް ކަސްޓަމަރުންނަށް 3،000 ރުފިޔާއިން މަތީގެ ކޮންމެ އިންވޮއިސްއަކަށް ކޫޕަނެއް ލިބޭނެއެވެ. ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން އެއް ވަނައަށް ހޮވޭ ފަރާތަށް 30،000 ރުފިޔާގެ ޕްރޮޑަކްޓް، ދެ ވަނައަށް 20،000 ރުފިޔާގެ ޕްރޮޑަކްޓް، އަދި ތިން ވަނައަށް 10،000 ރުފިޔާގެ ޕްރޮޑަކްޓް ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ހަފުތާއަކު ވޯލްޑް ކަޕާ ގުޅޭ ހަރަކާތްތައް މެދުވެރިކޮށް ތަފާތު އިނާމު ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ އާއިލާއާ އެކު ހިތްހަމަޖެހިލައިގެން ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ޕްރޮމޯޝަން 12 ޖުލައި 2026 ގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށާއި، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް