Advertisement

ނިޔަފަތީގައި ހުދު މާ ޖެހުމަކީ ކޮންކަހަލަ ކަމެއްކަން އެނގޭތަ؟

ނިޔަފަތީގައި ހުންނަ ހުދު ލައްތައް ނުވަތަ މާޖެހުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މިއީ ވަކި އުމުރަކަށް ޚާއްސަ ކަމެއް ނޫނެވެ.

މިއީ ސިއްހީ ގޮތުން މާ ސީރިއަސް ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ސިލްވީނިއާގެ ޑާމަޓޮލޮޖީ ނަރުހެއް ކަމަށްވާ މޭގަން ސްލޮމްކާގެ ލިޔުމެއްގައި ވަނީ ބުނެފައެވެ.

Advertisement

ނިޔަފަތީގައި ހުދު ލަށް ޖެހުން ނުވަތަ މާޖެހުމަށް ސިއްހީ މާހިރުން ދީފައިވާ ނަމަކީ ލޫކޮނިޗިއާއެވެ. އާއްމުކޮށް ނިޔަފަތީގައި މާޖެހުމަށް މެދުވެރިވާ ކަންކަމުގެތެރޭ ގޭގެ ދޮރެއް ނުވަތަ ކާރުގެ ދޮރު ލައްޕާއިރު ނޭނގި ނަމަވެސް ނިޔަފަތި ތާށިވުން ނުވަތަ މަސައްކަތެއް ކުރަނިކޮށް މަރުތެޔޮ އަކުން ނިޔަފަތީގައި އޮޅިގެން ޖެހުން ކަހަލަ ކަންކަން ހިމެނެއެވެ.

މީގެއިތުރުން ބޭނުންކުރެވޭ ނެއިލް ޕޮލިޝް ރިމޫވާއެއްގެ ސަބަބުން އަންނަ އެލާޖިކް ރިއެކްޝަނެއްގެ ސަބަބުން ވެސް ނިޔަފަތީގައި މާޖަހަން މެދުވެރިއެވެ.

ހަމައެއާއެކު އާއްމުކޮށް ދިމާވާ ފަންގަލް އިންފެކްޝަން އޮނިކޮމައިކޯސިސްގެ ސަބަބުން ވެސް ނިޔަފަތީގައި މާޖަހައެވެ. ހަށިގަނޑަށް ބޭނުންވާ މުހިއްމު މިނެރަލްސް އާއި ވިޓަމިންސް މަދުވުމުން ވެސް ނިޔަފަތީގައި މާޖަހަން މެދުވެރިވާ ކަމަށް މޭގަން ސްލޮމްކާ ވަނީ ބުނެފައެވެ.

ބައެއްފަހަރު ނިޔަފަތީގައި މާޖަހާފައި ހުންނަކަން ފާހަގަ ކުރެވެނީ ނިޔަފަތަށް ލިބޭ އަނިޔާއަށް ހަތަރު ވަރަކަށް ހަފްތާ ވާފަހުންނެވެ.

ނިޔަފަތީގައި މާޖެހުން ދުރުކުރަން ބޭނުންނަމަ އެކިކަހަލަ ކެމިކަލްސްތައް ބޭނުންކޮށްގެން ކުރާ މަސައްކަތްތަކުން ނިޔަފައްޗަށް ރައްކާތެރިކަން ހޯދައިދެވިދާނެއެވެ.

ހަމައެއާއެކު އެންޓި ފަންގަލް އިންފެކްޝަނަށް ފަރުވާ ހޯދާނަމަ ގަވައިދުން އެ ފަރުވާ ފުރިހަމަ ކުރުމަށް ސަމާލުކަން ދެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް