Advertisement

ކްރިޕްޓޯކަރަންސީގެ މަޝްރޫއެއްގައި ބައިވެރިވާކަމަށް ބުނެ ފަތުރަނީ ދޮގު މައުލޫމާތެއް: އަބްދު ﷲ ޝާހިދު

ކްރިޕްޓޯކަރަންސީއާ ގުޅުންހުރި އެއްވެސް މަޝްރޫއެއްގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އެކަމާ ގުޅޭގޮތުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކްރިޕްޓޯކަރަންސީއާ ގުޅުވައިގެން އެމަނިކުފާނުގެ ނަން ބޭނުންކޮށްގެން ފަތުރަމުންދާ ވާހަކަތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވާފައެވެ.

Advertisement

ޝާހިދު އިތުރަށް ސާފުކޮށްދެއްވި ގޮތުގައި، “ކޮމަންވެލްތު ޔޫނިއަން” އާއެކު އެމަނިކުފާނު މުއާމަލާތް ކުރެއްވީ ހަމައެކަނި ބައިނަލްއަގުވާމީ ދާއިރާއާ ގުޅޭ އިންޓަވިއުއެއް ދިނުމަށެވެ. އެ އިންޓަވިއުއާ ގުޅިގެންވެސް، އެމަނިކުފާނުގެ ނަމާއި ސޫރަ (ފޮޓޯ) އެއްވެސް އިސްތިހާރެއްގައި ނުވަތަ އެހެން ކަމެއްގައި ބޭނުން ނުކުރުމަށް އެ ފަރާތަށް ސަރީހަކޮށް އަންގާފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޝާހިދުގެ ފޮޓޯ ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީގެ ވިޔަފާރިއަށް ހިތްވަރުދޭ ފަދަ އިސްތިހާރުތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ. މިފަދަ އޮޅުވާލުންތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދު ދެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް