Advertisement
އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް،

‏ވަގުތާ ޙާލަތައް ބަލާފައި ވައުދުތަކަށް ވެސް ބަދަލު ގެންނާނެ: ތަރުޖަމާނު

އެ އިރެއްގައި އޮންނަ ޙާލަތަކާއި ވަގުތަކާއި ގުޅިގެން ބައެއް ވަޢުދުތަކަށް ބަދަލު އަންނާނެ ކަމަށާ، މިހާރުވެސް އެގޮތުގެ މަތީން ބައެއް ވަޢުދުތަކަށް ބަދަލު ގެނެވިފައިވާ ކަމަށް އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕްރެސާ ވިތް ސްޕޮކްސް ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތައް ޕަބްލިޝްކުރެވިފައިވާ ކަމަށެވެ. އަދި ވަޢުދުފުޅުތަކަކީ ރައީސް މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކެއްކަންވެސް ފާހަގަކުރެއްވިއެވެ.

Advertisement

އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަމާޒު 700 އަށްވުރެ ގިނަ ނުކުރެއްވުމަކީ ރައީސްގެ އަމާޒުކަމަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، އިންތިޤާލީ މަރުހަލާގައި ހާމަކޮށްފައިވާނެ ކަމަށާ، ނަމަވެސް ހަވާލުވުމަށްފަހު ބައެއް ކަންކަން ރިވައިސް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޢުދަކަށް މިވަނީ އަޅުގަނޑުމެން ސަރުކާރަށް އައިސްފައި، ސިޗުއޭޝަންއަށް ބަލާފައި.. އަނެއްކާ ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސްވެސް ކޮށްފައި ބޭސްޑް އޮން ސިޗުއޭޝަން. އެމްބިޝަސްވެސް ކޮށްފައި ހުންނާނެ ބައެއްކަންކަން. 700 އަކީ އޭރުގައި ނެރުނު ފިގާއެކޭ. ވަޢުދުތަކުގެ ގޮތުގައި ހުރިހާ ވަޢުދެއް ހުންނާނެ ލިސްޓްކުރެވިފައި.

އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް،

މީގެ އިތުރުން ވެރިކަމަށް ވަޑައިގެންނެވުމުގެ ފަހުންވެސް ރިޔާސީ ބަޔާންތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަޢުދުތައް ވެވަޑައިގެންފައިވާ ކަމަށާ އެފަދަ ކަންކަމަކީ ޙާލަތާ ގުޅިގެންބަދަލު އައިސްދާނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ތަރުޖަމާނު ވަނީ ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ތިން ބައިކުޅަ އެއްބައި މަދުކުރުމަށްވެސް މިހާރު އަންގަވާފައިވާ ކަމަށާ، އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ