ބޭނުންވާ ތަކެތި
- 300 ގްރާމް ޕާސްތާ
- 2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
- 1 ލޮނުމެދު
- 75 ގްރާމް ބޭބީ ސްޕިނެޗް
- 250 ގްރާމް ސޮފްޓް ޗީޒް
- 25 ގްރާމް ޕާމެސާން (އޮޕްޝަނަޕް)
- 450ގްރާމް ކައްކާފައި ހުރި 4 ޗިކަން ބްރެސްޓް އުލަކުން ޝެރެޑްކޮށްލާފައި
- 100 ގްރާމް ފްރޯޒަން ޕީސް
- ކުޑަ ޕާސްލީކޮޅެއް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ޕާސްތާ ކައްކާލާށެވެ. އަދި ފާސްތާ ފެނުން ކުޑަ އެތިކޮޅެއް ނަގާފައި ތައްޓެއްގައި ބަހައްޓާށެވެ.
ދެން ތަވައެއްގައި ތެޔޮކޮޅެއް ހޫނުކޮށްލާފައި ލޮނުމެދު އަދި ސްޕިނެޗް ހަނާކޮށްލާށެވެ.
ދެމް ސޮފްޓް ޗީޒް އަޅާފައި މެލްތްކޮށްލާށެވެ. ދެން ޕާމެސަންވެސް އަޅާލާފައި އެއްކޮށްލާށެވެ.
އެއަށްފަހު ކުކުޅާއި ޕީސް އަދި ކުރިން ނެގި ޕާސްތާ ފެންކޮޅު އެއްކޮށްލާށެވެ.
2-3 މިނިތް ވަންދެން ހުރިހާ އެއްޗެއް ކައްކާލާށެވެ.
ދެން ކައްކާފައި ހުރި ޕާސްތާއަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
އުނދުން ނިވާލާފައި ބާކީ ހުރި ޕާމެސަން އާއި ޕާސްލީ ސްޕްރިންކްލްކޮށްލާށެވެ.
މިހާރު މިހިރީ ކްރީމީ ޗިކަން ޕާސްތާ ތައްޔާރުކޮށްނިމިފައިއެވެ.


ކިޔުންތެރިންގެ ހިޔާލު