Advertisement
ހަމަލާ ދިނުމުދެ ސަބަބުން ޝިބާގެ ނޭފަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސް، އަނގައިގެ ބައެއް ދަތްތައް ވެސް ވަނީ މަދުވެފަ.

ހުޅުމާލެ އުތުރު ދާއިރާގެ ޑަބްލިޔުޑީސީ ކެންޑިޑޭޓް ޝިބާއަށް ބަޔަކު ގަސްތުގައި ސައިކަލުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފި

ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފާތިމަތު ޝިބާ އަށް، ބަޔަކު ގަސްތުގައި ސައިކަލުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.

Advertisement

ހަވާސާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޝިބާ އިސްވެ ހުންނަވައިގެން ކުރިއަށްގެންދިޔަ “ދޮރުން ދޮރަށް” ހަރަކާތް ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް ސައިކަލަށް އެރި ވަގުތުގަ އެވެ. ޝިބާ ސައިކަލަށް އެރިތަނުން، ފަހަތުން އައި ގްރޫޕަކުން ވަނީ ބާރު ސްޕީޑުގައި އައިސް ޝިބާ އިންނެވި ސައިކަލުގައި ޖައްސާފަ އެވެ.

މި ހަމަލާގެ ސަބަބުން ޝިބާ އަށް ވަނީ ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އެގޮތުން އޭނާގެ ނޭފަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާއިރު، އަނގައިގެ ބައެއް ދަތްތައް ވެސް ވަނީ މަދުވެފަ އެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޝިބާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިހާރު ވެސް އޭނާ އަށް އަންނަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އިންތިޚާބީ ކެމްޕޭނެއްގެ ތެރެއިން ކެންޑިޑޭޓަކަށް އަމާޒުކޮށް މިފަދަ ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް