ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ބާއްވާ “އީދު ހަވީރު 1447” ގައި ހިމެނޭ ސްޓޯލްތައް މާލެ ސަރަހައްދުގެ ހަތަރު ދިމާލެއްގައި ހުންނާނެ ކަމަށް އެމްއެންޑީއެފުން މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި އީދު ތިން ދުވަހަށް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ 16:00 އިން 18:00 އަށެވެ.
އެމްއެންޑީއެފްގެ ސްޓޯލްތައް ހުންނާނީ ވިލިމާލެ ބޯޅަ ދަނޑު، މާލޭގެ ޖުމްހޫރީ މައިދާން، ހުޅުމާލެ 1 ގެ ސެންޓްރަލް ޕާކް އަދި ހުޅުމާލެ 2 ގެ ހިޔާ ސަރަހައްދުގައެވެ. ހަވީރު އޮންނަ ހަވީރުގައި ބައިވެރިވުމަށް ހުރިހާ ކުޑަކުދިންނަށް އެމްއެންޑީއެފުން އެދެއެވެ.
ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ވެސް މާލެ ސަރަހައްދުގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ހަވީރުގައި އެ ފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ، ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސ ޚާއްސަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ. އަދި އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިހުތިފާލުކުރުމުގެ ސަބަބުން ޚާއްސަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު