މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

5 months ago

ހަވާސާ އެޑިޓޯރިއަލް

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މި މައްސަލައިގައި ތަހުގީގަށް ސުވާލުކުރުމަށް އަހުމަދު ޝާހީން، ތ. ގުރައިދޫ، ވިނަރެސް (36އ) ފުލުހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

ފުލުހުން ބުނީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް އަހުމަދު ޝާހީން ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ގއ. ދާންދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަހުމަދު ޝާހީން އެވެ.

ކިޔުންތެރިންގެ ހިޔާލު