Advertisement

ކޮފީ ބުއިމުން ދުރުހެލިވާންވީ ކޮންބައެއް؟

ކޮފީއަކީ ދުނިޔޭގެ ގިނަ ބަޔަކަށް އެންމެ މަގުބޫލު ބުއިމެކެވެ. ދުވަހެއްގެ ފެށުމުގައި ހަކަތަ ހޯދުމަށް ގިނަ ބަޔަކު ކޮފީ ބޯއިރު، ބައެއް މީހުންނަށް ކޮފީ ބުއިމުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. އިންޑިއާ ޓުޑޭގެ ލިޔުމެއްގައި ސިއްހީ މާހިރުން ފާހަގަކޮށްފައިވާ ގޮތުގައި ބައެއް މީހުން ކޮފީ ބުއިމުން ދުރުހެލިވާން ޖެހެ އެވެ.

ކަންބޮޑުވުމާއި ނިދުމުގެ މައްސަލަ ހުންނަ މީހުންނަށް ކޮފީގައި އެކުލެވޭ ކެފެއިންގެ ސަބަބުން މި މައްސަލަތައް އިތުރަށް ގޯސްވެދާނެ އެވެ. ހަމައެހެންމެ، ލޭގެ ޕްރެޝަރު މަތި މީހުން ކޮފީ ބުއިމުން ވަގުތީ ގޮތުން ލޭގެ ޕްރެޝަރު އިތުރަށް މައްޗަށް ހިނގައިދާނެ އެވެ. މާބަނޑު އަންހެނުންނަށް ވެސް ކެފެއިން ގިނައިން ބޭނުންކުރުން ރައްކާތެރިއެއް ނޫނެވެ. ސަބަބަކީ މިއީ ބަނޑުގައިވާ ދަރިފުޅުގެ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ ކަމަަކަށްވާތީ އެވެ.

Advertisement

ހިތުގެ ބަލިތައް ހުންނަ މީހުންނާއި ހިތުގެ ވިންދު އާދަޔާ ހިލާފަށް ޖަހާ މީހުންނަށް ކެފެއިންގެ ސަބަބުން ހިތުގެ ވިންދު އިތުރަށް ހަލުވިވެ، ވިންދު ހުންނަންޖެހޭ މިންގަނޑުން ކަޓަ އެވެ. ކެފެއިންއަށް ހޭނިފައިނުވާ މީހުންނާއި ބޮލުގައި ރިއްސުމުގެ މައްސަލަ ހުންނަ މީހުންނަށް ވެސް ކޮފީ ބުއިމުން މި މައްސަލަތައް އިތުރުވެދާނެ އެވެ. އަދި ހަޖަމުކުރުމުގެ މައްސަލަތައް ހުންނަ މީހުންނަށް ކޮފީ ބުއިމުން ބަނޑުގައި ރިއްސާ އުނދަގޫވެ، އެސިޑް ރިފްލަކްސްގެ މައްސަލަ އިތުރުވެދާނެ އެވެ.

 

ކޮފީއަކީ ދެވިހިފައިފިނަމަ ދުރުވާން އުނދަގޫ އެއްޗެއް

ކޮފީގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ގިނަ މިންވަރަކަށް ކެފެއިން ބޭނުންކުރުމުން (ދުވާލަކު 400-600 މިލިގްރާމަށްވުރެ ގިނައިން) ދަގަނޑު ހަށިގަނޑަށް އިތުރުވުމަށް ހުރަސްއެޅުން، ކަށިތައް ބަލިވުން، އަވަހަށް މުސްކުޅިވުން، އަދި ކަންބޮޑުވުމާއި ނިދުމުގެ މައްސަލަ ކުރިމަތިވުން ހިމެނެ އެވެ. މީގެ އިތުރުން، ކޮފީއަށް ދެވިހިފުމުގެ ސަބަބުން ކޮފީ ނުބޮއިފިނަމަ ބޮލުގައި ރިއްސުން، ވަރުބަލިވުން އަދި ރުޅިގަދަވުންފަދަ އަލާމާތްތައް ފެނިދާނެ އެވެ.

ކޮފީ ބުއިމަށް އެންމެ ރަނގަޅު ވަގުތަކީ ހެނދުނު 9:30 އާއި 11:30 އާ ދެމެދުގެ ވަގުތެވެ. މިއީ ހަށިގަނޑުގައި ކޯޓިސޯލް ހޯމޯން ދަށްވާން ފަށާ ވަގުތަށްވުމާއެކު، ކެފެއިންގެ ސަބަބުން ދެމެހެއްޓެނިވި ހަކަތައެއް ލިބި، ހަށިގަނޑަށް މާބޮޑު ބުރައެއް ނުވާނެ އެވެ. ކަސްރަތުކުރުމުގެ 30-60 މިނެޓް ކުރިން ކޮފީ ބުއިމުން ކަސްރަތުގެ ފެންވަރު ރަނގަޅުވެދާނެއެވެ. ނަމަވެސް، މެންދުރުފަހު 3 ގެ ފަހުން ކޮފީ ބުއިން އެކަށީގެން ނުވެ އެވެ. ސަބަބަކީ ރޭގަނޑު ނިދުމަށް ދަތިވެދާނެތީ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކުޑަކޮށް ކޮފީ ބުއިމުން ޑައިބެޓީސް، އެންޑޮމެޓްރިއަލް ކެންސަރު، ޕާކިންސަންސް ބަލި އަދި ޑިޕްރެޝަންފަދަ ދާއިމީ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދާނެ އެވެ. ނަމަވެސް، ކޮފީ ބުއިމުގައި ވެސް މިންވަރެއް ހުންނަންޖެހެ އެވެ. ސިއްހީ މާހިރުންގެ ލަފާގައިވާ ގޮތުން ކޮފީ ބީން އެއްގައި 6 މިލިގްރާމުގެ ކެފެއިން އެކުލެވޭއިރު، އެއްފަހަރާ 200 މިލިގްރާމަށްވުރެ ގިނައިން ބީން ބޭނުންނުކުރުމަށާއި، ދުވާލަކު 400 މިލިގްރާމަށްވުރެ ގިނަނުކުރުމަށް ލަފާދެ އެވެ.

ކޮފީ ބުއިމުގައި ކޮންމެ މީހަކު ވެސް އަމިއްލަ ހަށިގަނޑަށް ކޮފީގެ ސަބަބުން ކުރާ އަސަރު ދެނެގަނެ، އެއާ އެއްގޮތަށް ކޮފީ ބުއިމުގެ އާދަތައް ބައްޓަންކުރުން މުހިންމެވެ. ޚާއްޞަކޮށް ކުރިން ބަޔާންކުރެވުނު ޞިއްޙީ މައްސަލަތައް ހުންނަ މީހުން ކޮފީ ބުއިމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހެ އެވެ. ނުވަތަ އެފަދަ މީހުން ކޮފީ ބުއިމުން ދުރުހެލިވާންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް