Advertisement

ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ

ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި 1.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ ހުސްި ޖެނުއަރީމަހު ދައުލަތުގެ އާމްދަނީ ތަފާސްހިސާބަށް ބަލާއިރު އެމަހުގެ ތެރޭގައި އިންކަމް ޓެކްސްގެ ގޮތުގައި ދިވެހި ރުފިޔާއިން 962.3 މިލިއަން ރުފިޔާ ލިބުނުއިރު، ޑޮލަރުން ވަނީ 37.6 މިލިއަން ލިބިފައެވެ. ހުސްވި ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި 1.5 ލިބުނުއިރު، 2025 ވަނަ އަހަރުގެ ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ، 1.1 ބިލިއަން ރުފިޔާއެވެ.

Advertisement

އިންކަމް ޓެކްސްގެ ގޮތުގައި އެންމެބޮޑު އާމްދަނީއެއް މީރާއަށް ލިބިފައިވަނީ، ބޭންކް އިންކަމް ޓެކްސްއިންނެވެ. ބޭންކުތަކުން އިންކަމް ޓެކްސްގެ ގޮތުގައި ވަނީ 490.1 މިލިއަން ރުފިޔާ ދައްކާފައެވެ. ކުންފުނިތަކުން 692 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކިއިރު  ފަރުދުންގެ އިންކަމް ޓެކްސްގެ ގޮތުގައި ވަނީ 47.9 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި ނޮން-ރެސިޑެންޓް ވިތްހޯލްޑިންގ ޓެކސްގެ ގޮތުގައި ޖެނުއަރީމަހު 692 މިލިއަން ރުފިޔާ ދައްކާފައެވެ.

އިންކަމް ޓެކްސްއަކީ އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި، ބޭންކުތަކުގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކަށް ލިބޭ އާމްދަނީން ދައުލަތަށް ނަގާ ޓެކްސްއެކެވެ. މިއީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ބޭނުންކުރާ މުހިންމު އާމްދަނީއެކެވެ.

އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެންނެވެ. އަދި އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ އެއަހަރުގެ އޭޕްރިލްމަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް