Advertisement

ސްކޭމް މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދައި، އެހެން ފަރާތެއްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުވުމަށްފަހު ނަގާފައިވާ މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ހަސަން ނަމަކަށް ކިޔާ މީހެކެވެ.

Advertisement

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިން ދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަވުމުން، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހާ ހައްޔަރުކުރީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ބަންކް ބެޑެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައިގައެވެ. އޭނާ ވަނީ މަކަރާއި ހީލަތުން ހޯދި މި ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައި، އެ ފައިސާ ނަގާފައެވެ.

ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ހަސަންއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެކެވެ. އަދި އޭނާ ސްކޭމްކޮށްގެން ހޯދި ފައިސާ ނަގާފައިވަނީ ވޯކްޕާމިޓް އޮންނަ އެހެން ބިދޭސީއެއްގެ އެކައުންޓް ބޭނުންކޮށްގެން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް