Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އައުޓްޑޯ ޖިމެއް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އައުޓްޑޯ ޖިމެއް މިއަދު ހުޅުވައިފިއެވެ.

ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގާއިމުކުރި އެ ޖިމް ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވައިދެއްވީ، އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

Advertisement

​މި ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޖިމް ޕާކުގައި (ޓާފް ދަނޑު ކައިރި) އެވެ. ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް އެ ޖިމްގައި ވަނީ ބަހައްޓާފައެވެ.

އެ މަޝްރޫއަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގަންނަވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަމާޒަކީ، ސަރުކާރުގެ އެ ވައުދު ފުއްދުމަށް އެއްބާރުލުން ދިނުމާއެކު، ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމައަށް ފައިދާހުރި މިފަދަ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް