އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ.
ފުލުހުން ބުނިގޮތުގައި މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެއްޗެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި ޗައިއޮން، ބަންގްލަދޭޝް (34އ) ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވަރއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވެއެވެ.
ވޭޕް ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު