Advertisement

ޒަކާތު ހައުސް އިން ފިޠުރު ޕޯޓަލްގެ ތަމްރީނު ސެޝަނެއް ބާއްވައިފި

ރާއްޖޭގެ ޒަކާތުގެ އިދާރީ އޮނިގަނޑު ޒަމާނީކޮށް، ޑިޖިޓަލް ގަވަރނަންސް ކުރިއެރުވުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ފިޠުރު ޕޯޓަލާ ގުޅޭ ތަމްރީނު ސެޝަނެއް ބާއްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ތަމްރީނުތަކުގައި ޒަކާތު ހައުސްގެ މުވައްޒަފުންގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށު ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުގެ އޮފިޝަލުން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.

Advertisement

މި ތަމްރީނަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަމުންދާ ތައްޔާރީތަކުގެ މުހިންމު ބައެކެވެ. މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ އިދާރީ ގޮތުން ފުރިހަމައަށް ތައްޔާރުވުމާއި، ފިޠުރު ޒަކާތް ބަލައިގަތުމާއި ބެލެހެއްޓުމުގައި ޒަކާތު ހައުސްއިން މުޅި ރާއްޖޭގައި ޤާއިމުކޮށްފައިވާ ވިލަރެސްކުރުމުގެ ނިޒާމު ހަރުދަނާކުރުން ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

ފިޠުރު ޕޯޓަލް އަކީ ހަމައެކަނި މޯލްޑިވްސް ޒަކާތު ހައުސްއާއި ލޯކަލް ކައުންސިލުތަކުގެ އިދާރީ ބޭނުންތަކަށް ޚާއްޞަކުރެވިފައިވާ ޕޯޓަލެކެވެ. މި ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލް އިދާރާތަކަށް ނުވަތަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެއެވެ. ފައިސާ ދައްކާ ނިމުމުން، ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެވެ.

މި ޕޯޓަލް ތަންފީޒުކުރުމާ އެކު، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތް ރެކޯޑުކުރުމަށް މުޅި ރާއްޖޭގައި އެއް މިންގަނޑަކުން ހިނގާ ނިޒާމެއް ޤާއިމުވެގެންދާނެއެވެ. މީގެ ސަބަބުން މޯލްޑިވްސް ޒަކާތު ހައުސްއަށް ވަގުތުން (ރިއަލް-ޓައިމް) ފައިސާގެ މުޢާމަލާތްތައް މޮނިޓަރކުރެވި، ޑިޖިޓަލް ޕްލެޓްފޯމުތަކާއި ނަގުދު ފައިސާގެ މުޢާމަލާތްތަކުން ލިބޭ ފިޠުރު ޒަކާތުގެ ހިސާބުތައް ކޮންމެ ދުވަހަކު ޞައްޙަކަމާ އެކު އެއްކުރެވޭނެއެވެ.

މިގޮތަށް އެއްކުރެވޭ މަޢުލޫމާތުގެ ސަބަބުން އިދާރީ ހިންގުން ހަރުދަނާވެ، ރަމަޟާން މަސް ނިމުމުގެ ކުރިން ޝަރުޢީ ހަމަތަކާ އެއްގޮތަށް ހުރިހާ ރަށެއްގައި ތިބި ޒަކާތް ހައްޤުވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ޒަކާތް ބެހުމުގެ މަސައްކަތް ތަރުތީބުކުރުމަށް ފަސޭހަވެގެންދާނެއެވެ. ފިޠުރު ޕޯޓަލް އިފްތިތާޙުކުރުމަކީ ޓެކްނޮލޮޖީގެ އެހީގައި ޒަކާތުގެ ނިޒާމު ޒަމާނީކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް