މިހާތަނަށް 53 ހާހަށްވުރެ ގިނަ ގޭބިސީތަކުން ރޯދަ ހަދިޔާ ނަގައިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މިހާތަނަށް 53800 އަށް ވުރެ ގިނަ ގޭބިސީތަކުން ރޯދަ ހަދިޔާ ނަގާފައިވާ ކަމަށެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުން ހިލޭ ބަހާ މަސްދަޅުކޭސް މާލެ ސަރަހައްދުގައި ބަހަން ފެށީ ޖެނުއަރީ 24 ވަނަ ދުވަހުއެވެ.
މާލެ ސަރަހައްދުގައި 15 މަރުކަޒަކުން ދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ހުކުރުދުވަހުގެ ރޭ ފިޔަވާ ކޮންމެ ރެއަކު 8.30 އިން 11.00އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިހާރު ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އަދި ރޯދަ ހަދިޔާ ދޫކުރަމުންދަނީ މިފްކޯ ފިހާރައިންނެވެ.
މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118،773 ގޭބީސީއަކަށެއެވެ. އެއީ މާލޭގެ 61،755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56،918 ގޭބީސީއެވެ.
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެސްޓީއޯ އާއި އެމްއެންޑީއެފް އާއި އެމްޓީސީސީ އާއި މިފްކޯ މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު