ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޕެއިން ހަރަކާތްތައް ވަރުގަދަކުރުމުގެ ގޮތުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބައެއް އިސްވެރިން ނޫނު އަތޮޅު މަގޫދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ދަތުރުފުޅުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް އާއި، އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު އަޙްމަދު ޢަބްދުﷲ ގެ އިތުރުން ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
މަގޫދޫގައި ކުރިއަށްދިޔަ މި ބައްދަލުވުންތަކަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކޮށް، ކެންޕެއިންގެ ކަންކަން ރޭވިފައިވާ ގޮތާއި، މަސައްކަތްތައް ކުރިއަށްދާ މިންވަރު ބަލައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުކެވެ.
މި ބައްދަލުވުމުގައި، އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކާއި، ކެންޕެއިންގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއެކު ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެމުންނެވެ. މީގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމައް ދޮރުން ދޮރަށް ހަރަކާތެއްވެސް ވަނީ ގެންގޮއްސަ އެވެ.

އެމްޑީޕީން ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކާމިޔާބީ ހޯދުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކެންޕެއިން ހަރަކާތްތަކާއި މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު