Advertisement

ޣައްޒާގައި އިޒްރޭލުން ދިން އާ ހަމަލާތަކެއްގައި ނުވަ މީހުން ޝަހީދުވެއްޖެ

ޣައްޒާގެ އެކި ސަރަހައްދުތަކަށް މިއަދު ފަތިހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ އާ ހަމަލާތަކުގައި މަދުވެގެން ނުވަ ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ މެދުވެރިވެގެން އެކުލަވާލާފައިވާ “ސުލްހައިގެ އެއްބަސްވުމާ” އިޒްރޭލުން ޚިލާފުވި އަދަދު މިހާރު ވަނީ 1,620 އަށް އަރާފައެވެ. މީގެ އިތުރުން، އިޒްރޭލު އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވެސް ހަމަލާތަކެއް ދީފައެވެ. އިޒްރޭލުން ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޒްބުالله އިން ބޭނުންކުރާ ގުދަންތަކަށެވެ.

Advertisement

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 72,051 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 171,706 އަށް އަރާފައެވެ.

މި ހަނގުރާމަ ފެށުނީ 2023 އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދެވުނު ހަމަލާތަކާ ގުޅިގެންނެވެ. އެ ދުވަހު އިޒްރޭލުން ގާތްގަނޑަކަށް 1,139 މީހުން މަރުވި ކަމަށް ލަފާކުރެވޭއިރު، 250 އެއްހާ މީހުން ވަނީ ރަހީނުކޮށްގެން ޣައްޒާއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޕާކިސްތާނުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް، 15 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

މުޒާހަރާ އަދިވެސް ހޫނު، އިންޑިއާ ސަރުކާރުން އެދުނީ މާދަމާއާ ހަމައަށް މުހުލަތަކަށް!

ވަށައިގެން ކިނބޫ ބައިތިއްބާ ގޮތައް ފަަލަސްތީނު މީހުން ލުމަށް ޖަލެއް އެޅުމުގެ މަސައްކަތް ޖައްބާރު އިސްރާއީލުން ފަށައިފި