Advertisement
މީގެ ކުރިން ބޭއްވި އިނތިޚާބެއްގެ ތެރެއިން

އިންތިހާބަކާ ނުލައި ޕީއެންސީއަށް 69 ގޮނޑި ލިބިއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ގިނަ އަދަދެއްގެ ގޮނޑިތައް ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކުރި ގޮތުގައި ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ މީހުން ކުރިމަތިނުލުމާއި، ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން ޖުމްލަ 69 ގޮނޑިއެއް އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބުވެފައިވެއެވެ.

Advertisement

މީގެ ތެރެއިން ކައުންސިލް ގޮނޑިތަކަށް ބަލާއިރު، އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެ ޕާޓީއަށް ވަނީ ކައުންސިލްތަކުގެ 28 ގޮނޑި އިންތިޚާބަކާ ނުލައި ލިބިފައެވެ.

އޭގެ ތެރޭގައި ހއ. އުތީމު، ހއ. ބާރަށް، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ، އަދި އދ. ދިއްދޫގެ ކައުންސިލް ރައީސްކަމުގެ ގޮނޑިތައް ހިމެނެއެވެ. މީގެ އިތުރުން އެކި ރަށްރަށުގެ ކައުންސިލް މެންބަރުކަމާއި އަންހެނުންނަށް ޚާއްޞަ ގޮނޑިތައް ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.

އަދާލަތު ޕާޓީއަށް ރ. ކިނޮޅަސް ކައުންސިލްގެ މެންބަރުކަން ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި ތިން މީހަކު ވެސް ވަނީ އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބުކޮށްފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަލާއިރު ވެސް، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީންނެވެ. އެ ޕާޓީއަށް އެ ކޮމިޓީތަކުން 41 ގޮނޑި ލިބިފައިވެއެވެ. އަދާލަތު ޕާޓީއަށް އެއް ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކު ވެސް ވަނީ އިންތިޚާބަކާ ނުލައި ހޮވިފައެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި، ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުން އުނިކުރުމަށްފަހު މިހާރު ވާދަކުރަނީ ޖުމްލަ 2,962 ކެންޑިޑޭޓުންނެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން މިދިޔަ ހަފުތާ ބުރާސްފަތީގައި ވަނީ ނިންމާލާފައެވެ.

ގިނަ އަދަދެއްގެ ގޮނޑި އިންތިޚާބަކާ ނުލާ ސަރުކާރަށް ކާމިޔާބުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން އަންނަނީ ސަރުކާރުން، އިދިކޮޅު ކެންޑިޑޭޓުންނަށް ނަން ނަގަން އެކި ހުށަހެޅުންތައް ހުށަހަޅާކަމަށާއި، ރިޝްވަތުގެ ގޮތުގައި ފައިސާއާއި ވަޒީފާ ވެސް ބަހަމުން އަންނަ ކަމަށް ތުހުމަތުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް