6 months ago
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ފުލުހުން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ފުލުހުން ހޯދަމުންދަނީ ޢަބްދުﷲ ނިޔާޒް، ގ. މުޖުމަރާގެ (51އ) އެވެ. އޭނާ ހޯދަމުންދަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.