ފެންފުޅުއަކީ އެތައް ގޮތަކުން ދިރިއުޅުމަށް ފަސޭހަ ކޮށްދޭ އެއްޗެކެވެ.
ތިބާ ހައިޑްރޭޓް ކޮށްދިނުމާއި ކަސްރަތު ނުވަތަ ކުލާސްތަކަށް ދާއިރު ފަސޭހައިން ފުރާލުމަށްފަހު ގެންދިއުމަށްތައްޔާރުކުރެވިފައިވާ ޕްލާސްޓިކު ބޭނުންކުރާވަރު މަދުކޮށްދޭ އެއްޗެކެވެ. އާއްމުކޮށް ބޭނުންކުރާ އެއްޗަކަށް ފެންފުޅިވީނަމަވެސް ގިނަފަހަރަށް ފެންފުޅި ދޮވެ ސާފުކޮށްގެން ބޭނުންކުރުމަކީ ގިނަ މީހުންނަށް ފަރުވާކުޑަ ކޮށްލެވޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންވުމަށް މެދުވެރިވާ ކަމެކެވެ.
ތެތް ތަންތަނަކީ ޖަރާސީމު ފަސޭހައިން އާލާވާނެ ތަންތަނެވެ. އެހެންކަމުން އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރާ ފެންފުޅިތައް ދޮވެ ސާފުކުރުމަކީ ދުވަހީ އާދަ އެއްކަމުގައި ހަދަންޖެހޭ ކަމެކެވެ.
ސާފު ނުކުރެވޭނަމަ ފެންފުޅީގައި ހީވެސް ނުކުރާ މިންވަރަށް ބެކްޓީރިއާ އާލާވެއެވެ. އެގޮތުން ދިރާސާތަކުން ދައްކާ ގޮތުގައި ދެ ބާވަތެއްގެ ބެކްޓީރިއާއެއް އާލާވެއެވެ.
އެއްބާވަތަކީ އެންޓިބައޮޓިކަށް ރެސިސްޓެންޓް ބެކްޓީރިއާއަކަށްވާއިރު އަނެއްބާވަތަކީ ގޭސްޓްރިކްސް މެދުވެރިކުރުވާ ބެކްޓީރިއާތަކެއް ކަމުގައި ދައްކައެވެ. އެހެންކަމުން ހަށިގަނޑަށްހަކަތަ ލިއްބައިދިނުމުގައި ފެން ބުއިމަށް ބޭނުންކުރާ ފުޅީގެ ސަބަބުންވެސް މީހާ ބަލިތަކަށް ހުށަހެޅިގެންދެއެވެ. އެހެންކަމުން އެއްވެސް ފާހަގަކުރެވޭ ކަމަކާއިނުލާ ބަލިވާނަމފަހަރުގައި އެއީ ފެންފުޅިގެ ޒަރިއްޔާއިން ޖަރާސީމަށް ހަށިގަނޑު ހުށަހެޅުމުގެ ސަބަަބުންކަމުގައި ވެދާނެއެވެ.
ގެންގުޅޭ ފެންފުޅި ކޮންމެ ދުވަހަކު އެއްފަހަރު ދޮންނަން ވާނެއެވެ. އަދި ހަފްތާއެއްގެ ތެރޭގައި މަދުވެގެން އެއްފަހަރު ސެނިޓައިޒް ކުރަންވާނެކަމުގައި ތަޖުރިބާކާރުން ބުނެއެވެ. ޙާއްސަކޮށް ފުޅިއަކީ ފެންނޫން ހަކުރު އެކުލެވިގެންވާ ބުއިންތައް އެޅުމަށް ބޭނުންކުރާ ފުޅިއަކަށް ވާނަމައެވެ.
ތިބާ ގެންގުޅޭ ފެންފުޅި ދޮވުމަށް ސަމާލުނުވެ ފެންއަޅާ ފުޅިއެއްކަމުން އަމިއްލަ ޒާތުގައި ސާފު ވާނެކަމަށް ހީނުކުރާށެވެ. ސަބަބަކީ ދިރާސާކުރާ ފަރާތްތަކުން އާދަވެގެން ރަނގަޅަށް ސާފު ނުކުރެވޭ ފުޅިތަކުގެ އެތެރެ އެއްގޮތް ކުރަނީ ތަށި ދޮވުމަށް ބޭނުންކުރާ ބަދިގޭގެ ސިންކާއެވެ.
އެހެންކަމުން ތިބާ ގޭގައި ގެންގުޅޭ ފުޚިތަކާއި ސުކޫލަށް ފޮނުވާ އިންޓަވަލްފެންފުޅިތައް އާދަވެގެން ކޮންމެ ދުވަހަކުވެސް ދޮވުމަށް އާދަކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު