Advertisement

ކައުންސިލް އިންތިޚާބުގައި ރީ ރަޖިސްޓްރީވާން ހުޅުވާލައި، ހަފުތާއެއް ދީފި

އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރީ ރަޖިސްޓްރީވާން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ހުޅުވާލައިފިއެވެ.

ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން، އެހެން ތަނަކަށް ނުވަތަ ރަށަކަށް ބަދަލުކުރުމުގެ ފުރުސަތު އީސީން ފުރުސަތު ދިނީ، އަންނަ ހޯމަ ދުވަހުގެ 15:00ގެ ނިޔަލަށެވެ.

Advertisement

އީސީން ބުނީ، އެ މުއްދަތުގައި ރީ ރަޖިސްޓްރީވާން ހުށަހަޅާނީ، 2024ގައި މަޖިލީސް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބަދަލުކުރަން ބޭނުންވާ މީހުން ކަމަށެވެ.

އެގޮތުން، މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް އެ މުއްދަތުގެ ތެރޭގައި، ވޯޓުލާ ތަން ބަދަލުކުރުމަށް ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ. އެ ކަމަށް އެދި ހުށަހަޅާނީ، “ރީ ރަޖިސްޓްރޭޝަން ޕޯޓަލް” ނުވަތަ މައި ޕޯޓަލް މެދުވެރިކޮށެވެ.

އޭގެއިތުރަށް، މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، VR (Space) NID ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސްކޮށްގެން ޗެކުކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އަންނަނީ، ކެމްޕެއިން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް