Advertisement
މޯލްޑިވް ގޭސް: ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ މިހާރު ވަނީ އެސްއޯއީ ކޮމިޓީން ބަލަން ފަށާފައި. --

މޯލްޑިވް ގޭހުގެ މައްސަލަ މަޖިލީހުން ބަލަން ފަށައިފި

މޯލްޑިވް ގޭހުން ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފި އެވެ.

އެ  މައްސަލަ ބަލައިދޭން އެ ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރެވެ.

Advertisement

އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ މޯލްޑިވްސް ގޭހުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ. އެ ފައިސާ އަދިވެސް ނުފެންނާތީ، އެ މައްސަލައިގެ ތަހުގީގެއް ހިންގައިދޭން އޭނާ އެދިވަޑައިގެންނެވި އެވެ.

އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ މައްސަލައާ ބެހޭގޮތުން އެސްޓީއޯގެ ފަރާތުން ލިއުމުން ޖަވާބު ހޯދުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯއިން އެ މައުލޫމާތު ހޯދަން ހުށަހެޅުއްވީ އެއީ މޯލްޑިވް ގޭހުގެ ބެލެނިވެރި ކުންފުނި ކަމަށް ވާތީ އެވެ. ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

އެ މައްސަލާގައި އެސްޓީއޯގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރަން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި ނަމަވެސް އެގޮތަށް ފާހެއް ނުކުރެ އެވެ.

މޯލްޑިވް ގޭހަށް ގޭސް ގަތުމަށް ދުބާއީގެ ޖަކްޝާ އެނާޖީއަށް އެޑްވާންސް ފައިސާގެ ގޮތުގައި ޝިޕްމެންޓުގެ 30 ޕަސެންޓުގެ ފައިސާ ކަމަށްވާ 3.7 މިލިއަން ރުފިޔާ ދެއްކީ އޮކްޓޫބަރު، 2024 ގަ އެވެ.

އޭރު މޯލްޑިވްސް ގޭހުން ބުނީ އެ ފައިސާ ނުލިބޭތީ އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ސަޕްލަޔަރާ އެކު އެކި ފަހަރު މަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ ނުލިބޭ ކަމަށް އެ ކުންފުނި ބުނި ނަމަވެސް މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި ސާފެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި