ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އަށް ކުރިމަތިލައްވާ ހުޅުމާލޭ ދާއިރާތަކުގެ އެމްޑީޕީ ކެންޑިޑޭޓުންނާ، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ރޭ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ހަގީގީ ސިޓީއެއްގެ ސިފައިގައި މާލެ ހިންގުނީ އަދި ކުރިއަށް އޮތް ތަނުގައިވެސް ހިންގޭނީ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންކަން ވަރަށް ސާފުވާ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށާއި އ.ތ.މ އަށް ކުރިމަތިލައްވާ ހުޅުމާލޭ ދާއިރާތަކުގެ @MDPSecretariat ކެންޑިޑޭޓުންނާއި، ކެމްޕޭން ޓީމުތަކާއެކު ރޭ ބައްދަލުކޮށްލިން. ހަގީގީ ސިޓީއެއްގެ ސިފައިގައި މާލެ ހިންގުނީ، އަދި ހިންގޭނީ ސިޓީ ކައުންސިލްގެ… pic.twitter.com/qm6gWvKLGv
— Abdulla Shahid (@abdulla_shahid) February 9, 2026
ކެންޑިޑޭޓުންނާއި ކެމްޕޭން ޓީމުތަކާއެކު ބޭއްވި މި ބައްދަލުވުމުގައި ޝާހިދު ވަނީ މިހާރުގެ ސަރުކާރުން ކުރިމަތިކުރަމުންދާ ފިއްތުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ފިއްތުންތަކަށް ބެލުމެއް ނެތި، ވަރަށް ބޮޑު ޖޯޝަކާއި ފޯރިއެއްގައި މި އިންތިޚާބުގެ މެޖޯރިޓީ މާލެއިން ނެގުމަށް އެމްޑީޕީގެ މެންބަރުން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މި ބައްދަލުވުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ކެމްޕޭން ފޯރިގަދަކޮށް މެންބަރުންގެ މެދުގައި ރޫހު އާލާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މާލެ ސިޓީގެ ތަރައްޤީއާއި ހިންގުން ހަރުދަނާކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަން ޝާހިދު ވަނީ މި ބައްދަލުވުމުގައި ތަކުރާރު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު