Advertisement

ރައީސްގެ ރިޔާސީ ބަޔާނަކީ އަމަލީ ސިފައެއް ނެތް “އަވާމެންދުރެއް”: އަބްދުﷲ ޝާހިދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ އެއްވެސް އަމަލީ ސިފައެއް ނެތް، އަވާމެންދުރެއް ފަދަ ބަޔާނެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒުގެ މި ހިނގާ ރިޔާސީ ދައުރުގައި މިއަދު އިއްވެވި ތިންވަނަ ރިޔާސީ ބަޔާނަކީވެސް، ފާއިތުވެދިޔަ ދެ އަހަރުގެ ބަޔާންތަކެކޭ އެއްފަދައިން ހަގީގީ ކުލައެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ ބަޔާނެއް ކަމަށެވެ.

Advertisement

ޝާހިދު ފާހަގަކުރެއްވި ގޮތުގައި މިއަދުގެ ރިޔާސީ ބަޔާނަކީ ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދެއްކެވި “ނަނާ ހުވަފެނެކެވެ”. ފާއިތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދިފައި ނުވާއިރު، އެ ވައުދުތައް “ވަޅުލައި ކަފުންކުރުމަށްފަހު” އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީގައި ހާމަކުރެއްވުމަކީ ރައްޔިތުންނަކީ އަގެއް ނެތް ބަޔަކަށް ހެއްދެވުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޤައުމުގެ އިޤްތިޞާދީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، މިއަދުގެ ހަގީގަތަކީ ތަކެތީގެ އަގު އިންތިހާއަށް އުފުލި، ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް ދިއުމެވެ. މީގެ ސަބަބުން ވިޔަފާރިތައް އިނދަޖެހި، އިޤްތިޞާދު ފާލުން ނެއްޓިފައިވާ ކަމަށާއި، މުޅި ޤައުމަށް ކުރިމަތިވެފައިވާ މި ގިލަންވެރިކަމަށް އެއްވެސް ޙައްލެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރިޔާސީ ބަޔާނުން ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ލިބުމުގެ ބަދަލުގައި ލިބިގެންދިޔައީ ނާއުއްމީދާއި މާޔޫސްކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައީސް މިއަދު އިއްވެވި ބަޔާނަކީ “ދޮގު ބަޔާނެއް” ކަމަށް ރައްޔިތުން ބުނަން ފަށާފައިވާ ކަމަށްވެސް އޭނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް