Advertisement

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭނެ

އަނބިމީހާ ނުވަތަ ފިރިމީހާއަށް ބޯހިޔާވަހިކަމެއް ލިބިފައި އޮތް ނަމަވެސް، ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ތަގުރީރު ކުރައްވަމުން މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު އޮތް އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

Advertisement

އެ މައްސަލައަކީ ބޯހިޔާވަހިކަން ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވަނީ އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

“ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް އެދި ހުށަހެޅޭނެ ގޮތަށް ވަރަށް އަވަހަށް ހުޅުވައިލާނަން،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ފުރުސަތު ހުޅުވައިލަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ. ބޮޑަށް ލަފާކުރެވެނީ އެ ގޯތިތައް ދޫކުރާނީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެއިން ކަމަށެވެ.

މީގެ ކުރިން، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުން ގޮސްފައި ވަނީ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ބޯހިޔާވަހިކަމެއް އޮތް ނަމަ، ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިގެންނެވެ. މި ސަރުކާރުން ވެސް ވެރިކަމުގެ ކުރީކޮޅު އެ އުސޫލު ގެންގުޅުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް