Advertisement
ވެމްކޯގެ މުވައްޒަފަކު މަގުމަތީގައި

ވެމްކޯ މުވައްޒަފަކަށް ހަމަލާދީގެން، ދެ ކިލޯގެ ޑްރަގް ކޭސްއެއްގައި ހިމެނޭ މީހަކު ހައްޔަރުކޮށްފި

ވެމްކޯގެ ވެހިކަލެއް ހުއްޓުވައި އޭގައި އިން މީހަކަށް އަނިޔާ ކުރި މައްސަލައާއި ގުޅިގެން، ކުރިން ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ މީހަކު ހައްޔަރުކޮށްފިއެވެ.

ވެމްކޯގެ ވެހިކަލެއް ހުއްޓުވައި އޭގައި އިން މީހަކަށް އަނިޔާ ކުރި މައްސަލައާއި ގުޅިގެން، ހައްޔަރުކޮށްފައިވަނީ ލ. ގަން، ތުނޑި، ހަނދުވަރީހިޔާ އަހްމަދު ޝައްމޫންއެވެ.

Advertisement

އަހްމަދު ޝައްމޫން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށްވަނީ ފަސް ދުވަސް ޖަހައިފައެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މާރާމާރީގެ ތުހުމަތެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ޝައްމޫންއަކީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކުރިން އުފުލާފައިވާ މީހެކެވެ. އެއީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި ކޭސްއެކެވެ.

އެ މައްސަލައިގައި ދައުލަތުންވަނީ، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ދައުވާ ޝައްމޫންގެ މައްޗަށް އުފުލާފައެވެ.

އެހެންނަމަވެސް އެ މައްސަލަ ސާބިތެއް ނުވިއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރީ، ދާދި ފަހުން ސުލޫކީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދުއެވެ.

އެ މައްސަލަ ފަހުން ދައުލަތުންވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެކަމަކު މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުން އެ މައްސަލަ އަދި ނުނިމެއެވެ.

އެ މައްސަލައިގައި އަހްމަދު ޝައްމޫންއާއެކު އިތުރު އެހެން ބައެއްގެ މައްޗަށްވެސް ދައުލަތުން ދައުވާކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް