Advertisement

އަދާލަތުގެ ރައީސާއި ނާއިބު ރައީސް ހޮވައިފި، ވޯޓްލީ 22 ޕަސެންޓް މީހުން

އަދާލަތު ޕާޓީގެ 4 ވަނަ ދައުރުގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކޮށްފި އެވެ.

އެ ޕާޓީގެ ވެރީން ހޮވުމަށް ހޮނުހިރު ދުވަހު ވަނީ އޮންލައިންކޮށް ވޯޓް ނެގުން ކުރިއަށް ގެންގޮސްފަ އެވެ. އަދާލަތުން ބުނީ ވޯޓްލީ މީހުންގެ 99 އިންސައްތަ އިން އަދާލަތުގެ ރައީސް ކަމަށް މުހައްމަދު ޝިފާން ހޮވާފައިވާ ކަމަށެވެ. އޭނަގެ ނާއިބަކީ ޝެއިހް އަބްދުﷲ ރަޝީދު އެވެ.

Advertisement

މި އިންތިހާބުގައި އަލްއުސްތާޛު އިކްރާމް ޢަބްދުއްސައްތާރު ވެސް ވާދަކުރަން ނިންމި އެވެ. ނަމަވެސް ހަމަހަމަ ފުރުސަތު ނެތުމާައި ވޯޓް އޮޅުވާލާނެ ކަމަށް ތުހުމަތުކޮށް އޭނާ ވަނީ އިންތިހާބު ބޮއިކޮޓް ކޮށްފަ އެވެ.

އަދާލަތުން ބުނީ އިކްރާމަށް ލިބިފައިވަނީ އެއް ޕަސެންޓް ވޯޓް ކަމަށެވެ.

އަށެއްކަ ހާސް މެންބަރުން ހިމެނޭ އަދާލަތުގެ އިންތިހާބުގައި ވޯޓްލީ 22 ޕަސެންޓް މެންބަރުން ކަމަށް ވެސް ބުންޏެވެ. އެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

B Beybe
8000 މެމްބަރުންގެ 22% އަކީ 1،760 މެންބަރުން

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް