Advertisement

ހަވާސާ ރެސިޕީ: ބީފް ސްޕެގެޓީ

ސްޕެގެޓީ އަކީ ކައްކާލަން ފަސޭހަ އަނގަޔަށް މީރު ކެއުމެކެވެ. މިއަދު ‘ހަވާސާ’ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ބީފް ސްޕެގެޓީ ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ސްޕެގެޓީ (ޕެކެޓުގައިވާ ގޮތަށް މަޑުކޮށް ފުރާނާފައި)

Advertisement

500 ގ ގްރައުންޑް ބީފް

1 ފިޔާ (ތުނިކޮށް ކޮށާފައި)

8 ލޮނުމެދު (ތުނިކޮށް ކޮށާފައި)

2 ދަޅު ޓޮމާޓޯ ޕޭސްޓް

5 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

ލޮނު (ރަހަލާވަރަށް)

ހިކަނދިފަތް

ހިކި މިރުސް (ކޮށާފައި)

3/1 ޖޯޑު ޕާމަސީން ޗީޒް (ބޭނުން ނަމަ)

ތައްޔާރު ކުރާނެގޮތް

1) ތެއްޔަކަށް ގާތްގަނޑަކަށް 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އެޅުމަށްފަހު އޭގެ ތެރެއަށް ލޮނުމެދު އަޅައި ކުޑަކޮށް ރަން މުށި ކުލަ އަރަންދެން މަޑު ގިނީގައި ކައްކާލާށެވެ.

2) ދެން ލޮނުމެދުކޮޅު ނަގައި، ކައްކާފައި ހުރި ސްޕެގެޓީއަށް އަޅާލުމަށްފަހު، ރަނގަޅަށް އެކުލަވާލާށެވެ.

3) ލޮނުމެދު ފްރައި ކުރި ތެއްޔަށް އިތުރު ދެ ސަމުސާ އޮލިވް އޮއިލް އެޅުމަށްފަހު، ފިޔާ އާއި ހިކި މިރުސް އަދި ހިކަނދިފަތް އަޅައިގެން ފިޔާކޮޅު މޯޅި ވަންދެން ކައްކާލާށެވެ. ދެން ޓޮމާޓޯ ޕޭސްޓް އަޅައިގެން ވެސް ކައްކާލާށެވެ. މާ ހިކި ނަމަ ކުޑަ ފެންފޮދެއް އަޅާލާށެވެ.

4) އެއަށްފަހު، އޭގެ ތެރެއަށް ބީފް އަޅާލުމަށްފަހު ރަނގަޅަށް ރޯފިލަންދެން އެވެސް ކައްކާ ލުމަށްފަހު ލޮނު އަޅައި ލޮނު ހެޔޮވަރުކޮށްލާށެވެ.

5) ފަހު ކަމަކަށް ސްޕެގެޓީ ކޮޅު ތެއްޔަށް އަޅާލުމަށްފަހު އެޅުަލަވާކާށެވެ.

ބޭނުން ނަމަ، ސްޕެގެޓީ މަށްޗަށް ޗީޒްގެ ގާނާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް