Advertisement
އައިޖީއެމްއެޗްގައި ނަރުހުން: ނަރުހުންނަށް ލައިސެންސް ދޫކުރުމުގައި ބަދަލެއް ގެނެސްފި-- ފޮޓޯ/ އައިޖީއެމްއެޗް

ނަރުހުންނަށް ލައިސެންސް ދޫކުރުމުގައި ބަދަލެއް

އަންނަ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަރުހުންނަށް ލައިސެންސް ދޫކުރުމުގައި އައު ބަދަލެއް ގެނެސްފައި ވާކަމަށް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ، އެ ކައުންސިލުގައި ދިވެހި ނަރުހުން އަލަށް ރަޖިސްޓްރީވުމަށް ކޯސް ނިންމިކަމުގެ ލިއުން ހުށަހަޅަމުންދާއިރު، ކޮލިފިކޭޝަން ސެޓްފިކެޓް ހުށަނާޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement

އެހެންކަމުން މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ކޯސް ނިންމިކަމުގެ ލިޔުމަށް ބިނާކޮށް ދާއިމީ ރަޖިސްޓްރޭޝަނަކާއެކު ޕްރޮވިޝަނަލް ލައިސަންސެއް ދޫކުރި ނަމަވެސް، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުސޫލަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

އެގޮތުން އެ ތާރީޚުން ފެށިގެން ކޯސް ނިންމިކަމުގެ ލިޔުމާއެކު ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތްތަކަށް ދޫކުރެވޭނީ، ޕްރޮވިޝަނަލް ރަޖިސްޓްރޭޝަނާއި ޕްރޮވިޝަނަލް ޕްރެކްޓިސިން ލައިސަންސެއް ކަމަށް ކައުންސިލުން ބުނެއެވެ.

އަދި މީގެ އިތުރުން ކޮމްޕިޓެންސީ އިމްތިހާނުން ފާސްވެގެން ލައިސަންސް ހޯދުމަށް ހުށަހަޅާ ނަރުހުންނާއި، އިތުރު ކޮލިފިކޭޝަން ހިމަނަން އެދޭ ނަރުހުން ކޮލިފިކޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ވެސް ނަރުސްކަން ކިޔަވައެވެ. ކިޔެވުމަށްފަހު، ނަރުސްކަން ކުރަން ލައިސެންސް ހޯދުމަށް ޓަކައި ވެސް ވަކި މަރުހަލާތަކެއް ފުރިހަމަކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް