Advertisement
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: ކޯރަމް ހަމަ ނުވެގެން މިއަދު ވެސް ސިޓީ ކައުންސިލްގެ ބައްދަލުވުން ނުބޭއްވުނު-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ނުބޭއްވުނު

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލްގ މިއަދުގެ ބައްދަލުވުން ވެސް ކޯރަމް ހަމަނުވާތީ ކެންސަލްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރެއިން 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ކައުންސިލަރުންނެވެ.

Advertisement

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު އެކްސްގައި ހިއްސާކުރެއްވި ވީޑީއޯއަކުން ފެންނަ ގޮތުގައި ޖަލްސާ ފެށި ވަގުތު ތިބީ އޭނާ އާއި މޭޔަރު އާދަމް އާޒިމް، ގަލޮޅު ހުޅަނގު ކައުންސިލަރު މަރިޔަމް ނާޒިމާ، ގަލޮޅު ދެކުނު ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް، ހުޅުމާލެ ކައުންސިލަރު އަލީ އައިމަން، މައްޗަންގޮޅި އުތުރު ކައުންސިލަރު ސައީދާ ރަޝާދު އަދި ހެންވޭރު ހުޅަނގު ކައުންސިލަރު ޝައުފާ ސަލީމް އެވެ.

މިއަދުގެ ކައުންސިލް ޖަލްސާގެ އެޖެންޑާގައި އޮތީ މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމުގައި އެއްވެސް ވަރަކަށް ކައުންސިލް ހިމަނާފައި ނުވުމާއި ޝަރުތުތައް ކަނޑައެޅިއިރު އާންމުންގެ ކަންބޮޑުވުން ހުރި ކަންކަން ހުރުމުން ގެންނާނެ ބަދަލުތަކާ މެދު މަޝްވަރާކޮށް ސަރުކާރަށް އެ ބަދަލުތައް ގެނައުމަށް ގޮވާލުމެވެ.

ބޯހިޔާވަހިކަމާއި ބިމާ ބެހޭ ކަންކަން އެޖެންޑާ ކުރުމުން ސިޓީ ކައުންސިލްގެ ޖަލްސާތަކުގެ ކޯރަމް ގެއްލި ނުވަތަ ކޯރަމް ހަމަނުވެގެން ޖަލްސާތައް ކެންސަލް ކުރަން ޖެހޭތާ ހަފްތާތަކެއްވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް