Advertisement

އިންޑިއާގައި ނިޕާ ވައިރަސް ފެތުރޭތީ ތައިލެންޑުގެ އެއާޕޯޓުތަކުގައި ފަސިންޖަރުން ސްކްރީން ކުރަން ފަށައިފި

އިންޑިއާގެ ވެސްޓް ބެންގޯލްގައި ނިޕާ ވައިރަސް ފެތުރެމުންދާތީ، އެ ސަރަހައްދުން ތައިލެންޑަށް ދަތުރުކުރާ ފަސިންޖަރުން ސްކްރީން ކުރަން ތައިލެންޑުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ފަށައިފިއެވެ.

މި ސްކްރީން ކުރުންތައް ކުރިއަށްދަނީ ބެންކޮކްގެ ސުވަރްނަބޫމީ އެއާޕޯޓާއި ޑޮން މުއެންގް އެއާޕޯޓުގައެވެ. މި ފިޔަވަޅުގެ ދަށުން ނުރައްކާތެރި ސަރަހައްދުތަކުން އަންނަ ފަސިންޖަރުންނަށް “ހެލްތު ބިވެއާ ކާޑު” ދޫކުރަން ވަނީ ފަށާފައެވެ.

Advertisement

މި ކާޑުގައި ބަލީގެ އަލާމާތްތައް ކަމަށްވާ ހުން އައުން، ބޮލުގައި ރިއްސުން، ގައިގައި ރިއްސުން، ކަރުގައި ރިއްސުން، ކެއްސުން، ނޭވާލާން އުނދަގޫވުން، އަދި ފިިިިިތްނެގުން ފަދަ ކަންކަމަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ. ހާއްސަކޮށް، ތައިލެންޑަށް އައުމުގެ 21 ދުވަސް ކުރިން ވާލާއި، ބަލި ޖަނަވާރެއް ނުވަތަ ބަލިމީހަކާ މުއާމަލާތް ކުރެވިފައިވާނަމަ، ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަކުރާ ގޮތުގައި، ނިޕާ ވައިރަހަކީ ވަރަށް ނުރައްކާތެރި ވައިރަހެކެވެ. މީގެ ސަބަބުން އާދައިގެ ރޯގާއިން ފެށިގެން ސިކުނޑި ދުޅަވުން ފަދަ ފުރާނައަށް ނުރައްކާވާ ހާލަތްތައް މެދުވެރިވެއެވެ.

މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް އުޅެނީ 40 އިންސައްތައާއި 75 އިންސައްތައާ ދެމެދުގައެވެ. ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒީޒް ކޮންޓްރޯލުން ބުނާ ގޮތުގައި، ބަލިވެ އުޅޭ ފަރާތްތަކަށް އެ އިދާރާގެ ހޮޓްލައިން 1422 އަށް ގުޅައިގެން މައުލޫމާތު ހޯދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި