Advertisement

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަބްދުﷲ ޝާހިދު ދަންނަވައިފި

ޖުމްހޫރީ ވެރިކަމެއް އިންޑިއާގައި ކުރަންފެށިތާ މިއަދަށް 76 އަހަރު ވެގެންދިޔައިރު، އިންޑިއާ ހޯދާފައިވާ ތަރައްގީގެ ފައިދާ މި ސަރަހައްދަށްވުރެވެސް ދުރަށް ފުޅާވެފައިވާ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު، އެމްޑީީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އިންޑިއާ ސަރުކާރުގެ ވެރިންނަށާއި އެ ގައުމުގެ ރައްޔިތުންނަށް ދަންނަވައި، އެކްސްގައި ޝާހިދު މިިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާއިތުވީ 76 އަހަރުގެ ތެރޭގައި އިންޑިއާއަށް އައިސްފައިވާ ތަރައްގީގެ ފައިދާ އެ ގައުމުގެ ރައްޔިތުންނާއި، މި ސަރަހައްދާއި އަދި ސަރަހައްދުން ބޭރު ގައުމުތަކަށްވެސް ލިބިފައިވާ ކަމަށެވެ.

Advertisement

އިންޑިއާއިން ދައްކަމުންދާ އެއްބައިވަންތަކަމާއި ކެތްތެރިކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، އެދިވަޑައިގަންނަވަނީ އިންޑިއާއަށް އިތުރު ކުރިއެރުމާއި އިތުރު ތަނަވަސް ދުވަސް ތަކެއް ކަމަށެވެ. އަދި އިންޑިއާ އާއި އެހެން ގައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ވަރުގަދަ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގެންނެވިއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަސް އިންޑިއާގައި މިއަދު ދަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ.

އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމެވެ. އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް އަބަދުވެސް ލިބެމުންދާއިރު، ރާއްޖެއަށް ކުރިމަތިވި ކޮންމެ ބޮޑު ކަމެއްގައި އެންމެ އަވަހަށް އަދި އެންމެ ބޮޑަށް ޒަމާނުއްސުރެވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމަކީ އިންޑިއާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް