Advertisement
ވީއައިއޭއިން ކާގޯ އުފުލުން: މިދިޔަ އަހަރު ވީއައިއޭގައި 89،000 ޓަނުގެ ކާގޯ ހޭންޑަލްކުރި -- ފޮޓޯ/ ވީއައިއޭ

ވެލާނާ އެއާޕޯޓުން މިދިޔަ އަހަރު 89000 ޓަނުގެ ކާގޯ

މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ)އިން މިދިޔަ އަހަރު 89،163 ޓަނުގެ ކާގޯ އުފުލި ކަމަށާއި އެއީ 10 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެއާޕޯޓުން ހާމަކުރި ތަފާސްހިސާބުތަކުގައި ބުނެފިއެވެ.

ވީއައިއޭގެ އާ ޓާމިނަލް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހުޅުވާފައެވެ.

Advertisement

އެ ގޮތުން، ވީއައިއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން އެ އެއާޕޯޓުން މިދިޔަ އަހަރު 89،163 ޓަނުގެ ކާގޯ އުފުލިއެވެ. އެއީ، ރާއްޖެ އެތެރެކުރި 66،840 ޓަނުގެ ކާގޯއާއި ރާއްޖޭން ބޭރުކުރި 22،323 ޓަނުގެ ކާގޯއެވެ.

އެ ގޮތުން، ޓްރާންޝިޕްމަންޓްގެ ގޮތުގައި 16،372 ޓަނުގެ ކާގޯ ގެނައެވެ. އެއީ، 22 އިންސައްތައިގެ އިތުރުވުމެކެވެ.

 

އޭގެ ތެރޭގައި ހިމެނެނީ ސީ-ޓު-އެއާ މެދުވެރިކޮށް ހޭންޑަލްކުރި 3،192 ޓަނުގެ ކާގޯއެވެ. އަދި، އެއާ-ޓު-އެއާ ހޭންޑަލްކުރި 13،180 ޓަނުގެ ކާގޯއެވެ.

މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކާގޯ އުފުލާ ބޯޓުތަކުން 524 ދަތުރުކުރި ކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.

ވީއައިއޭއަށް ދަތުރުކުރާ ކާގޯ އެއާލައިންތަކުގެ ތެރޭގައި، އެފްކޮމް، ފްލައިވާޔު، އެމްޖެޓްސް، ޤަތަރު ކާގޯ، ނެޝަނަލް އެއާލައިންސް، އެއާ މާސްޓާ އަދި އެމްއެންޖީ އެއާލައިންސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް