Advertisement

އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފަށައިފި

އަގުތައް ބޮޑުވުމުން އާސަންދަ ދިނުން ހުއްޓާލި، އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފަށައިފިއެވެ.

ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލީ، ޖުލައި 2024 ގައެވެ. އޭރު މެދުކަނޑާލީ، ހަމައެކަނި އައު ޕޭޝަންޓުންނަށެވެ.

Advertisement

އޭރު، އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ، އެ ޚިދުމަތްތައް ދިނުން ހުއްޓާލީ އަގުތައް ބޮޑުވުމުން ކަމަށާއި އަގުތައް ހެޔޮކޮށް ޚިދުމަތްތައް ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރާކަމަށް ޒީނިއާ ވިދާޅުވިއެވެ.

އޭގެ ފަހުން ސަރުކާރުގެ އޮފިޝަލަކު މިއަދު ‘ސަން’އަށް ވިދާޅުވީ، އެ ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފެށީ މީގެ ތިން މަސް ކުރިން ކަމަށެވެ.

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ދަތުރުކުރާ ގައުމެއް ކަމަށްވާއިރު، އެ ގައުމުގައި އުޅޭ ދިވެހީން ވެސް މަދެއް ނޫނެވެ. އަދި، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ދިވެހީންނަށް އެންމެ ގިނައިން ޚިދުމަތް ލިބެނީ އިންޑިއާގެ ހޮސްޕިޓަލްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި