Advertisement

އިންޑިއާއަށް ގޮސް، ޑުރަގު ހުރި ސިރަޕް ފުޅިތަކުގެ ސަޕްލަޔަރާ އަހުމަދު އަލީ ބައްދަލުކުރި: ފުލުހުން

ޗޮކްލެޓު ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހއ. ހޯރަފުށީ، ޢާފިޔާ، އަހުމަދު އަލީ އިންޑިއާއަށް ގޮސް، އެ އެއްޗެހީގެ ސަޕްލަޔަރާ ބައްދަލުކުރި ކަމަށް ފުލުހުން އިއްޔެ ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ތިރީސް މިލިއަން ރުފިޔާއަށް އަގު އަރާ، ޗޮކްލެޓް ސިރަޕް ފުޅިތަކެއް ކަސްޓަމްސްއިން އަތުލައިގަތީ، އެ ފުޅިތައް ބަލައި ފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ހިންގި އޮޕަރޭޝަނެއްގައެވެ.

Advertisement

އެ މައްސަލައިގައި ދެ މީހުން ހައްޔަރުކުރިއެވެ. އެއީ، އަހުމަދު އަލީއާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުޙައްމަދު އާދިލް (57އ)އެވެ.

އޭގެ ތެރެއިން އަހުމަދު އަލީގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ފުލުހުން ވަނީ އޭނާ އިންޑިއާއަށް ގޮސް، އެ ތަކެތީގެ ސަޕްލަޔަރާ ބައްދަލުކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައެވެ. މި މައްސަލައިގައި ބައިވެރިވާ މީހުންނާއި އޭނާއާ ދެމެދު މުއާމަލާތްކޮށްފައިވާ ކަމަށާއި މި ކަމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އަހުމަދު އަލީ ކޯޓުގައި ބުނެފައިވަނީ ބަލައި ދިޔައިރު އެ ފޮށިގަނޑުގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި، އޭނާއަކީ މުދާ ކުލިއާ ކުރުމުގެ މަސައްކަތްކުރާ މީހެއް ކަމަށް މީގެ ކުރިން ކޯޓުގައި ވަނީ ބުނެފައެވެ.

އަތެރެކުރި ހަޝިޝް އޮއިލްގެ ޖުމުލަ ބަރުދަން 40 ކިލޯއަށް އަރާކަމަށް ކަސްޓަމްސްއިން މީގެ ކުރިން ބުންޏެވެ. ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

ހަޝިޝް އޮއިލްއަކީ ކެނެބިސްގެ ބާވަތެއް ކަމަށްވާއިރު، ކެެނެބިސްއަކީ ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތުގެ މަސްތުވާއެއްޗެކެވެ. ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި