Advertisement
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ވަހީދު (ކ) އަދި އެމްޑީޕީ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން--

ކައުންސިލް އިންތިހާބުގެ އެމްޑީޕީ ތަރުޖަމާނަކަށް ދިއްދޫ ވައްޑެ، ނައިބަކަށް ހުސައިން

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ތަރުޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) ހަމަޖައްސައިފިއެވެ.

އެމްޑީޕީ “ޕްރެސް ގްރޫޕް”އަށް ފޮނުވި މެސެޖެއްގައި އެ ޕާޓީން ބުނީ ކެމްޕެއިން ތަރުޖަމާނުގެ ނައިބަކަށް އެމްޑީޕީ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން އައްޔަންކޮށްފައިވާ ކަމަށެވެ.

Advertisement

އެމްޑީޕީން މިއަދު ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހަމަޖައްސާފައެވެ. އަދި އޭނާގެ ނައިބުންގެ ގޮތުގައި ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު (ނިޔާ) އާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ އާއި އައިކު އަހުމަދު އީސާ ހަމަޖައްސާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީ ބާއްވައި، ކައުންސިލް އިންތިހާބަށް އެ ޕާޓީން ނުކުންނާނެ ކެންޑިޑޭޓުން ކަނޑައަޅާފައެވެ.

ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީގައެވެ. އެގޮތުން 2021 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި އެ ޕާޓީން ގިނަ ގޮނޑިތައް ކާމިޔާބުކޮށް، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަން ވެސް ހޯދީ އެމްޑީޕީންނެވެ.

ލާމަރުކަޒީ ނިޒާމު ތައާރަފްކޮށް، ރަށްތައް ހިންގުމަށް ކައުންސިލަރުން އިންތިހާބު ކުރަން ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ. މީގެ އިތުރުން ނިމިދިޔަ ވެރިކަމުގައި އެމްޑީޕީން ވަނީ ކައުންސިލަރުންގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްފައެވެ. އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށް، ކައުންސިލުތަކުން އަންހެނުންނަށް ގޮނޑިތައް ހާއްސަ ކުރީ އެމްޑީޕީގެ ސަރުކާރުގައެވެ.

މި ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލައި، ރަށްތަކަށް އިންތިހާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު މަދުކޮށްފައެވެ. އެގޮތުން 2،000 ވުރެ، މަތީ އާބާދީތަކުގެ ރަށްތަކަށް ހަތް ކައުންސިލަރުންގެ ބަދަލުގައި ފަސް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކޮށް، ކުދި އާބާދީތަކުގެ ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް ބަދަލުކޮށްފައިވެއެވެ.

މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް