Advertisement

ބަށިން ލިބޭ ފައިދާ އިނގޭތަ؟

ބައްޓަކީ އެކި ކުލަތަކުން އެކި ސައިޒަށް ހެދޭ ބާވަތެކެވެ. އާއްމުކޮށް ރާއްޖެއިން އަޅުގަނޑުމެންނަށް ފެންނަނީ ދަނބު ކުލައާއި އެއަށް ވުރެ ގަދަ ދަނބުކުލައެއްގައި ހުންނަ ބައްޓެވެ. ނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރަތް ކުލަ އާއި ކަޅު ކުލަ އަދި ރީނދޫ ކުލަ އާއި ހުދު ކުލައިގެ ބަށިވެސް ލިބެން ހުރެއެވެ.

ރެޖިސްޓަޑް ޑައިޓީޝަން ޖެރިލީން ޖޯންސް ބުނެފައިވާ ގޮތުގައި މައިގަނޑު ގޮތެއްގައި ބަށިން ލިބިދޭ ސިއްހީ ފައިދާތައް ވަނީ ހަތް ބަޔަކަށް ބެހިފައެވެ. ކެލޮރީސްގެ މިންވަރު ވަރަށް މަދުން ހިމެނޭ ބައްޓަކީ، އެންމެ ރަނގަޅު މިންވަރަކަށް އޭގައި ވިޓަމިންސް، މިނެރަލްސް އަދި ފައިބާ ހިމެނޭ ބާވަތެކެވެ.

Advertisement

ބަށީގައި އެކުލެވޭ ވިޓަމިންސް އާއި މިނެރަލްސްގެ މިންވަރު މަތިވުމުން އެއީ އެންޓިއޮކްސިޑެންޓްސްގެ މާއްދާތައް މަތީ އަދަދަކަށް ހިމެނޭ ބާވަތަކަށް ވަނީ ވެފައެވެ. މި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން މީހާ ސްޓްރެސްވުމުން ދުރުކޮށްދީ ހަށިގަނޑުގެ ޓިޝޫތަކަށް ލިބޭ ގެއްލުންތަކުން ހިމާޔަތްކޮށްދެއެވެ.

ބަށީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްތަކުގެ އެހީގައި ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދީ ހިތުގެ ދުޅަހެޔޮކަން ދަމަހައްޓަން އެހީތެރިވެދެއެވެ. ހަމައެއާއެކު ގިނަ ބަޔަކު ކަންބޮޑުވާ ލޭގައި ހަކުރު އެކުލެވޭ މިންވަރު ވަކިވަރަކަށް ހިފަހައްޓަން އެހީތެރިވެދެއެވެ.

ބަށީގައި އެކުލެވޭ ފައިބާ މާއްދާގެ ސަބަބުން ބްލަޑް ޝުގަ ދަށްކޮށްދިނުމަށް އެހީވެދީ ހަކުރު ބަލި ހުންނަ މީހުންގެ ކެއުންތަކުގައި ވެސް ހިމަނާލަން މިއީ މުހިއްމު ބާވަތެއް ކަމަށް ރެޖިސްޓަޑް ޑައިޓީޝަން ޖެރިލީން ޖޯންސް ވަނީ ބުނެފައެވެ.

ބަށިން ލިބިދޭ އިތުރު ސިއްހީ ފައިދާތަކުގެތެރޭ ބަރުދަން ލުއިކުރުމަށް އެހީވެދީ، ކެންސަރުގެ ބަލިތަކުން ދުރުކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ. މީގެއިތުރުން މިއީ ބެލެންސްޑް ޑައިޓެއް ގެންގުޅޭ މީހެއްނަމަ ކެއުމުގައި ފަސޭހަ ކަމާއެކު ބޭނުންކޮށްލެވިދާނެ ބާވަތެއް ކަމުން ކާބް އަދި ކެލޮރީ މަދުކޮށްލުމަށް ވަރަށް ބޮޑު އެހީއަކަށްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް