Advertisement

ބަޖެޓަށްވުރެ އިތުރަށް ރައީސް އޮފީހުން ހަރަދުކުރި

މިދިޔަ އަހަރަށް ފާސްކޮށް އަމަލުކުރަމުން އައި ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރި އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހާއި ޑިފެންސް މިނިސްޓްރީ ހިމެނިއްޖެ އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން 2025 އަށް ފާސްކުރި ބަޖެޓުގައި އޮތީ ރައީސް އޮފީހަށް 206.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Advertisement

ނަމަވެސް، ސެޕްޓެމްބަރު 31، 2025، ގެ ނިޔަލަށް ދައުލަތުން ހަރަދުކޮށްފައިވާ ގޮތުގެ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި ނިމިގެންދިޔަ އަހަރު ރައީސް އޮފީހުން 229.7 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އެއީ ބަޖެޓަށް ވުރެ 22.9 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

ޑިފެންސް މިނިސްޓްރީއަށް ދިން ބަޖެޓަށް ވުރެ އިތުރަށް 41 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު ޑިފެންސް ހަރަދުތައް އިންތިހާއަށް ބޮޑުވިއިރު އެމްއެންޑީއެފްއަށް ދިން ބަޖެޓަށް ވުރެ އިތުރަށް 231 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފިސްކަލް ރިޕޯޓުން އެނގެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބަޖެޓު ކުރި 32.4 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް 38.9 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެއީ މިދިޔަ އަހަރު އަމަލުކުރަން ފެށި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ވޯޓުތަކަށް ހަރަދުކުރަން ޖެހުމުން އިތުރުވެފައިވާ އަދަދެކެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު ނޭޅުމުގެ ފުރިހަމަ ޓްރެކް ރެކޯޑެއް އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބަޖެޓަށް ވުރެ ހަތަރު މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ބަޖެޓު ސާޕްލަސްގައި އޮތް ކަމަށް ފެންނަނީ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައި ނުވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި