Advertisement

ޑުރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަންވަރު ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު

ސުލޫކީ ފިޔަވަޅު އަޅައި ގާޒީކަމުން ވަކިކުރި ހުސައިން ފާއިޒް ރަޝާދު، ޑުރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ކްރިމިނަލް ކޯޓުން ވަކިކުރި ގާޒީ ފާއިޒް މަގާމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅީ، އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Advertisement

އަންވަރުގެ މައްސަލަ ހައިކޯޓުން މިއަދު ނިންމިއިރު، އެ މައްސަލަ އެންމެ ފުރަތަމަ ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ. އެ މައްސަލަ ފުރަތަމަ އިސްތިއުނާފުކުރުމުން، ހައިކޯޓަށް ބަލައި ނުގަންނަން ނިންމީ ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ސަހުނާ އަބްދުއްސަމަދުއެވެ. މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމުން، ދައުލަތުން އަލުން ހުށަހެޅުމުން މައްސަލަ ބަލައިގަތީ ފަނޑިޔާރުންގެ ބެންޗުގެ ނިންމުމަކުންނެވެ.

މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކަނޑައަޅާފައި އޮތީ، އަންވަރު ދޫކޮށްލަން ކަނޑައަޅާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން، އަންވަރު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުންވަނީ ބާތިލުކޮށްފައެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ އަންވަރު ދޫކޮށްލާފައިވަނީ ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެއެވެ. އަންވަރު ދޫކޮށްލި ސަބަބެއް ކަމަށް ގާޒީ ފާހަގަކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ފުލުހުން އަމަލުކުރި ގޮތެވެ.

އެއީ، އަލީ އަންވަރު މުހައްމަދު ހައްޔަރުކުރުމުގެ އަމުރަކާއި އޭނާގެ ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއް އޮވެމެ، އިޖުރާއަތުތަކާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ. އެކަމަކު، ފުލުހުން އަމަލު ކުރި ގޮތުގައި ގޯހެއް ނެތް ކަމަށް ހައިކޯޓުން މިއަދު ފާހަގަކުރިއެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވިފައިވާ އަންވަރު، ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ ދޫކޮށްލުމުން ފުރައިގެން ދިޔައީ ލަންކާއަށެވެ. އެކަމަކު، ލަންކާއަށް އޭނާ ދިޔަ ނަމަވެސް، ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމުން ރާއްޖޭން އަލުން އޭނާ ހައްޔަރުކުރިއެވެ.

ރިކޯޑްތަކުން ދައްކާ ގޮތުން، އަންވަރަކީ 2019 ވަނަ އަހަރު އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށް ދައުލަތުން ދައުވާކުރި މީހެކެވެ. އެ ގޮތުން، 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން އަތުލައިގަތް އީރާނުގެ ބޯޓެއްކަމަށްވާ ”އަލްޝަބާން” އިން 70 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފަސް ދިވެހިންނާއި އީރާންގެ ހަ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކުރި ކޭސްގެ ބޮޑެއް ކަމުގައި ފުލުހުން ތުހުމަތުކުރީ އަންވަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް