Advertisement

ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް “ދޯސްތީ 17” ފަށައިފި

ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް “ދޯސްތީ 17” ރޭ ފަށައިފިއެވެ.

މި ތަމުރީނަކީ، ދިވެހިރާއްޖެއާ އިންޑިއާގެ ކޯސްޓުގާޑުގެ މެދުގައި ރަޙުމަތްތެރިކަމާއި އޮޕަރޭޝަނަލް ކޭޕެބިލިޓީއާ އިންޓަރ އޮޕަރެބިލިޓީ ހަރުދަނާ ކުރުމުގެ މަގުސަދުގައި 1991 އިން ފެށިގެން ބާއްވަމުން ގެންދާ ހަރަކާތެކެވެ.

Advertisement

އަދި އަވަށްޓެރި ސްރީލަންކާ އިންވެސް ދަނީ 2012 އިން ފެށިގެން މި ތަމުރީނުތަކުގައި ބައިވެރިވަމުންނެވެ. ދިވެހިރާއްޖެ، އިންޑިއާ އަދި ސްރިލަންކާގެ ކޯސްޓުގާޑު ގުޅިގެން ކުރިއަށްގެންދާ މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު މެންދުރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރ އޮފް ޑިފެންސް އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ދެއްކެވި ވާހަކަފުޅުގައި، ދޭދޭ ކޯސްޓުގާޑުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަސައްކަތްތައް ވިލަރެސްކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

16 ޖަނަވަރީ އިން 19 ޖަނަވަރީގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ “ދޯސްތީ 17” ގައި ކަނޑުމަތީގެ ޙާދިޘާތަކުގައި ޙާލުގައިޖެހޭ މީހުން ސަލާމަތްކުރުމާއި، ކަނޑުގެ ސަރަޙައްދުގެ ސަވައިލެންސް އަދި މުވާސަލާތީ ތަމުރީނުތަކުގެ އިތުރުން ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުމަށް ހިންގާ “މާޕޯލް” (MARPOL) ތަމުރީނުތައް ހިމެނެއެވެ.

މި ހަރަކާތްތަކަކީ ބައިވެރިވާ ކޯސްޓްގާޑްތަކުގެ ތައްޔާރީ ޙާލަތު ވަރުގަދަކޮށް، ޕްރޮފެޝަނަލް ކޮލަބަރޭޝަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ އެކްސަރސައިޒެކެވެ. މި އަހަރުގެ “ދޯސްތީ” ޙަރަކާތުގައި މައިގަނޑުގޮތެއްގައި ކުރިއަށްގެންދާނީ “ޖޮއިންޓް ޓްރެއިނިންގ” ތަކާއި “މެރިޓައިމް އިންފޮމޭޝަން” ޝެއަރކުރުމުގެ ތަމުރީނުތަކެވެ. މީގެ ސަބަބުން މި ހަރަކާތުގެ ބައިވެރިންނަށް އެކަކު އަނެކެއްގެ ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް، މަސައްކަތުގެ މާހައުލުގައި އޮންނަ ޕްރޮފެޝަނަލް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ގިޔާސްގެ އިތުރުން، އިންޑިއާއާއި ސްރީލަންކާގެ ކޯސްޓުގާޑުގެ އިސް އޮފިޝަލުންނާއި ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް