Advertisement
ފިރިހެނަކު ރަހީނުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު ފިރިހެނުން -- ފޮޓޯ/ ފުލުހުން

މީހަކު ރަހީނުކޮށް، ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި 4 ފިރިހެނުން ހައްޔަރުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލް ޓަވަރުގެ ފުލެޓެއްގައި ފިރިހެނަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި އެމްޕީއެލް ޓަވަރުގެ ފުލެޓެއް ބަލައި ފާސްކޮށް، ރަހީނުކޮށްފައި އޮތް މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

Advertisement

އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު، ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އައްޑޫގެ ތިން ފިރިހެނަކާއި ތިނަދޫ ސިޓީގެ ފިރިހެނެކެވެ. މި ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ 23 އަހަރުގެ ދެމީހުންނެވެ. ދެން ތިބި ދެ މީހުންނަކީ 24 އަހަރުގެ ދެމީހުންނެވެ.

ކޯޓާ ހަވާލާދީ ފުލުހުން ބުނީ، މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ހަތަރު މީހުން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީހުން ރަހީނުކުރުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެރޭ މީހަކު ރަހީނުކޮށް، ބަރަހަނާކޮށްގެން ވީޑިއޯ ނަގައި ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ޒުވާނަކު ހައްޔަރުކޮށް، އެކަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް