Advertisement
ޒަކާތު ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް

ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި އަހަރު އަމަލުކުރަން ފެށި ޒަކާތު ގަނޫނުގެ ދަށުން އެކުލަވާލި ޒަކާތު ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

ޒަކާތު ކައުންސިލްގެ ރައީސް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޒަކާތާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުންނެވެ.

Advertisement

ޒަކާތު ހައުސްގެ މަސައްކަތްތައް ނަތީޖާ ނެރެވޭނެ ފަދަ، ދެފުށް ފެންނަ އަދި ނިޒާމީ ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ޓަކައި އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.

ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.

އެ ކައުންސިލުގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީ، ފަތުވާ މަޖިލިސް، ފިނޭންސް މިނިސްޓްރީ، އެމްއެމްއޭ އަދި މީރާގެ މަންދޫބުންގެ އިތުރުން ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ޒަކާތާބެހޭ މާހިރުންނެވެ.

ޒަކާތު ކައުންސިލުގެ މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި އިރުޝާދު ދިނުމެވެ. ހާއްސަކޮށް އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ގައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި