Advertisement
32 ގުރާމު ޑުރަގާއެކީ ހައްޔަރުކުރި 50 އަހަރުން މަތީގެ ދެމީހުންގެ ވަނަވަރު: ކޯޓުން ދެމީހުންގެ ބަންދު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތީގެ ރެކޯޑު އޮންނަ 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ޑްރަގް ޓްރެފިކިން މައްސަލައެއްގައި އުމުރުން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ތިން ދުވަހަށް ބަންދުކޮށްފި އެވެ.

ކްރިމިނަލް ކޯޓްގެ ބަންދު އަމުރުގައިވާ ގޮތުން އަންހެންމީހާ ހައްޔަރުކުރީ އޭނާގެ އަތުން ނުވަތަ ގުޅުން ހުރި ތަނަކުން، ޓްރެފިކް ކުރި ކަމަށް ބަލާ މިންވަރުގެ ބަރުދަން ހުރިި މަސްތުވާތަކެތި ފެނިގެންނެވެ. އެހެން ނަމަވެސް އެ ތުހުމަތަށް އޭނާ އިންކާރުކުރާ ކަން ވެސް ކޯޓު އަމުރުން އެނގެ އެވެ.

Advertisement

އެ މައްސަލާގައި ހައްޔަރުކުރީ އައްޑޫ ފޭދޫ، މުށިކުލާގެ، އާމިނަތު އިބްރާހީމް 57، އެވެ.

ކުރިން ވެސް ކުށުގެ ރެކޯޑް އޮންނަ އެ އަންހެންމީހާ ކުރު މުއްދަތަކަށް ބަންދުކުރަން އަމުރުކުރީ އޭނާ އަށް ވަކީލެއް ހަމަޖެހިފައި ވީ ނަމަވެސް އެ ވަކީލު އަދި ކޯޓަށް އައްޔަންވެފައި ނުވާތީ ކަމަށް ވެސް ކޯޓު އަމުރުގައި ވެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް އިތުރުކޮށް، “އޮޕަރޭޝަން އަލިމަގު” ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ވަނީ ފަށައިފަ އެވެ. މި އޮޕަރޭޝަނުގައި ވަނީ ޑްރަގުގެ ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ކަމަށް ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ އެކައުންޓްތަކުގައި މިލިއަނުން ފައިސާ ދައުރުކޮށްފައިވާ ކަން ހޯދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް