Advertisement

ހާލު ދެރަވެ، އެޑްމިޓްކުރި އުމްރާވެރިޔާ މާލެ ގެނެސްފި

ހާލު ދެރަވުމުގެ ސަބަބުން، އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެނދުމަތިކުރި އުމްރާވެރިޔާ މޯލްޑިވިއަންގެ ފުލައިޓެއްގައި މާލެ ގެނެސް، ފަރުވާދޭން ފަށައިިފިއެވެ.

އެ މީހާ މާލެ ގެނައީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިދިޔަ ހޮނިހިރު ދުވަހެވެ.

Advertisement

‘ހަވާސާ’އިން ސުވާލުކުރުމުން މޯލްޑިވިއަނުން ބުނީ، އެ ބަލިމީހާ މާލެ ގެނައީ މިދިޔަ ހޮނިހިރު ދުވަހުގެ ފްލައިޓުން ކަމަށާއި އެ މީހާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި މާލޭން ޑޮކްޓަރަކާއި ނަރުހެއް ވެސް އެ ފްލައިޓުގައި ފޮނުވި ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މީހާ ގެނައީ ވެންޓިލޭޓަރުގައެވެ. ނަމަވެސް، މޯލްޑިވިއަނުން އިތުރު ތަފުސީލެއް ނުދޭތީ އެއީ ތެދެއްކަން ސާފެއްނޫނެވެ.

އުމްރާގެ އަޅުކަން އަދާކުރަން ގޮސް އުޅެނިކޮށް، ހާލު ދެރަވުމުގެ ސަބަބުން ބަލި މީހަކު މާލެ ގެންނާނެކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިދިޔަ އަންގާރަ ދުވަހު މީޑިއާއާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް އޭރު ވިދާޅުވީ، އެ ބަލިމީހާ މާލެ ގެނެސް ފަރުވާ ދިނުމުގެ މަސައްކަތް، އެ މީހާގެ އާއިލާއާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެ ކަމުގައި މޯލްޑިވިއަނާއި ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗްގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އުމްރާއަށް ދިޔަ މީހުންގެ ހާލު ޖުމުލަކޮށް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

އަހަރުގެ އެކި ދުވަސްވަރު އުމްރާއަށް ދިއުމަކީ މިހާރު ދިވެހީންގެ މެދުގައި އާއްމު ކަމެކެވެ. ބައެއް އާއިލާތައް އެކުގައި އުމްރާއަށް ގޮސް ހަދައެވެ. ގިނަ ޖަމާއަތްތަކެއް އެ ޚިދުމަތް ދެމުންދާއިރު ގިނަ ބަޔަކު ދަނީ ޖަމާއަތްތަކަށް ފައިސާ ދައްކައިގެންނެވެ.

މީގެ ކުރިން ހަމައެކަނި ޖަމާއަތެއްގެ އެހީތެރިކަމުގައި އުމްރާއަށް ދެވުނު ނަމަވެސް މިހާރު އަމިއްލައަށް ވެސް އެ އަޅުކަމަށް ދެވެއެވެ. އެހެންވެ، އެގޮތަށް ވެސް އުމްރާއަށް ދިއުމަކީ މިހާރު އާއްމު ކަމެކެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޝަހީމް އާންމުކުރެއްވި މައުލޫމާތުގައިވާ ގޮތުން، މި ބަންދުގައި 7،726 މީހުން އުމްރާގެ އަޅުކަން އަދާކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް