Advertisement
އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން ޑްރަގާ ދެކޮޅަށް މިއަދު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހުން.

ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކެއް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް މިއަދު ކުރިއަށް ގެންދިޔަ އޮަޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިރޭ އާންމުކޮށްފި އެވެ.

“އޮޕަރޭޝަން އަލިމަގު” ގެ ދަށުން މިއަދު ހެނދުނުން ފެށިގެން ބަލައިފާސްކުރީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކަށް އަމާޒުކޮށްގެންނެވެ. ގއ. އަތޮޅުގެ އިތުރުން މާލޭގައި ވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ އެވެ.

Advertisement

އެ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރީ މުޅިން ވެސް ގއ. ވިލިނގިލީގެ މީހުންނެވެ. އެއީ:

  1. ޝައްފާހު ލަތީފު، 28، ޝެވޯނާ، ގއ. ވިލިނގިލި
  2. އަހުމަދު މަދީހް، 33، މިޔުޒިކީގެ، ގއ. ވިލިނގިލި
  3. އަހުމަދު އަނާމް އިބްރާހިމް، 30، އައިޒަން، ގއ. ވިލިނގިލި
  4. ނޫރުއްނިޒާމް، 35، އަރާއިރުގެ، ގއ. ވިލިނގިލި

ފުލުހުން ބުނި ގޮތުގައި، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނޫރުއްނިޒާމު ފިޔަވައި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ގާޒީ އަމުރުކުރެއްވި އެވެ.

ނޫރުއްނިޒާމު ބަންދުކުރަން ކުރަން އަމުރުކުރީ 15 ދުވަހަށެވެ.

ފުލުހުން ބުނީ، މިއަދުގެ ހާއްސަ އޮޕަރޭޝަންގައި 10 ތަނެއް ބަލައިފާސްކުރި ކަމަށެވެ. އެކަމަކު، މަސްތުވާތަކެއްޗާ ގުޅޭ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ވަނީ ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. އާއި ގދ. އަތޮޅުން ބަޔަކު ހައްޔަރު ކޮށްފަ އެވެ. ރާއްޖެއަށް ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެ އަތޮޅުން 16 މީހަކު ހައްޔަރުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް