Advertisement
ވީއައިއޭގައި ކާގޯ އުފުލާ އުޅަނދުތައް: ވީއައިއޭގައި ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑުކޮށްފި -- ފޮޓޯ/ ވީއައިއޭ

ވީއައިއޭގައި ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އެކި ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑުކޮށްފިއެވެ.

‘ހަވާސާ’ އަށް އެނގިފައިވާ ގޮތުގައި އެމްއޭސީއެލްއިން މި އަގުތައް ބޮޑުކޮށްފައި ވަނީ ވީއައިއޭގެ އެކިއެކި އޮޕަރޭޝަންތަކަށާއި ފަސިންޖަރުންގެ ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތައް ގިނަވުމާ ގުޅިގެން، އެއާޕޯޓު ބާރު ބޮޑު ވުމުންނެވެ.

Advertisement

ނަމަވެސް ފީތައް ބޮޑުކުރީ ކިހާ ވަރަކަށް ކަމެއް ޔަގީނެއް ނޫނެވެ.

އެމްއޭސީއެލްއިން މި އަގުތައް ކަނޑައަޅަނީ ސެޓްފިކެޓް އޮފް އެންޓައިޓްލްމަންޓް (ސީއޯއީ) ނިޒާމުގެ ދަށުންނެވެ.

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމާއެކު އެތެރެއާއި ބޭރުގެ ދަތުރުފަތުރުތައް ވެސް އިތުރުވާނެއެވެ. އެހެންކަމުން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވެސް މިއީ ބާރު ބޮޑު ދުވަސްކޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް