Advertisement

ނަފުސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލްގެ މަސައްކަތް އަދިވެސް ނުފެށޭ

ނަފުސާނީ ބަލިތަކަށް ހާއްސަ ކޮށްގެން ލ. ގަމުގައި އިމާރާތްކުރަން ނިންމި ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ދިގުލައިގެން ހިނގައްޖެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިދިޔަ އަހަރުގެ ޖޫން މަހު ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އިމާރާތްކުރާ ހޮސްޕިޓަލުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން މަސައްކަތް ފެށޭނެ ކަމަށް ވެސް އޭނާ އޭރު ވިދާޅުވި އެވެ.

Advertisement

އެކަމަކު، މިދިޔަ އަހަރު ނިމުނުއިރު ވެސް ނަފުސާނީ ބަލީގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނުފެށެ އެވެ. އެކަމުގެ، އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. އެހެންވެ، އެކަން ދިގުލައިގެންދަނީ ކީއްވެގެންތޯ އަދި އަމަލީ މަސައްކަތް ފެށޭނީ ކިހާ ހިސާބަކުންތޯ ސާފެއް ނުވި އެވެ.

ނަފުސާނީ ބަލިތަކުގެ މީހުންނަށް ހާއްސަ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފެށުން ދިގުލައިގެން ގޮސްފައިވާއިރު، އެ ބައްޔަށް ފަރުވާ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމު އާސަންދައިން ލިބޭ ގޮތަށް މިދިޔަ ޑިސެމްބަރު 31 އިން ފެށިގެން ވަނީ ހަމަޖައްސައިފި އެވެ.

އިންޑިއާގެ އެހީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އިމާރާތް ކުރަން އުޅުނު ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވެސް އަދި ނުފެށެ އެވެ. އެ ސަރުކާރުން ފުރަތަމަ ނިންމީ ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރާށެވެ. ނަމަވެސް، އެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު ވެސް އަމަލީ މަސައްކަތް ނުފެށި އުޅެނިކޮށް، މި ސަރުކާރުން ނިންމީ ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތް ކުރާށެވެ.

ހެލްތު މިނިސްޓްރީން ބުނީ ކެންސަރު ބަލީގެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ މަޝްވަރާތައް އަދި އޮތީ ކުރީގެ މަރުހަލާގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް