Advertisement

ގާނޫނުގައި ކަނޑައަޅާފައި އޮތް ގޮތަށް މިދިޔަ އަހަރު ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު މުރާޖައާ ނުކުރޭ

ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކޮށް އާންމުކުރަން ގާނޫނުން ލާޒިމުކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު މިދިޔަ އަހަރު މުރާޖައުއެއް ނުކުރި އެވެ.

ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭ ލިސްޓު އެންމެ ފަހުން ނެރުނީ 2024 ވަނަ އަހަރު ނިމެން އެންމެ ދުވަހަކަށްވެފައި އޮއްވަ އެވެ. އެ ލިސްޓު ނެރެން އެފަހަރު ލަސްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

ހަވާސާ އަށް އެނގިފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު ކަނޑައެޅުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ބައްދަލުވުމެއް މިދިޔަ އަހަރުން ފެށިގެން މިހާތަނަށް އެޖެންޑާކޮށްފައެއް ނުވެ އެވެ.

ހަނގުރާމަވެރި ސަރަހައްދުތައް ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާ ތަންތަނުގެ ލިސްޓަށް އެއްވެސް ބަދަލެއް ނަޔަސް އެ ލިސްޓު ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކޮށް އާންމުކުރުން ގާނޫނުން ވަނީ ލާޒިމުކޮށްފަ އެވެ.

މި ސަރުކާރުން 2024 ވަނަ އަހަރު ނެރުނު ލިސްޓުގައި ޖުމްލަ 20 ޖަމާއަތެއް ލިސްޓުކުރެވިފައިވާއިރު ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި މުޅި ސީރިއާ ވަނީ ކަނޑައަޅާފަ އެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން އެގޮތަށް ކަނޑައަޅާ ސަރަހައްދަކަށް ދަތުރުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.

ސަރުކާރުގެ ހާއްސަ ހުއްދައެއް ލިބިގެން މެނުވީ، ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުން ނުވަތަ އެފަދަ ސަރަޙައްދެއްގައި ހުރުން އެއީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް