ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ހޮވުމުގެ ގޮތުން އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ބާއްވާ ޕްރައިމަރީގައި ވޯޓު ފޮށި ބަހައްޓާ މަރުކަޒުތަށް އިއުލާންކޮށްފި އެވެ.
މިއަދު އެމްޑީޕީއިން ނެރުނު އިއުލާނުގައިވާ ގޮތުން މާލޭގެ އެކި ދާއިރާތަކުގެ ވޯޓު ފޮށިތަށް ބަހައްޓަން ހަމަޖެހިފައިވަނީ:
- ހެންވޭރު ހުޅަނގު އަދ ހެންވޭރު ދެކުނު – މަޖީދިއްޔާ ސްކޫލް
- ގަލޮޅު އުތުރު އަދި ގަލޮޅު ދެކުނު – ގަލޮޅު މަދަރުސާ
- މައްޗަންގޯޅި ހުރިާ ދާއިރާއެއް – އިސްކަންދަރު ސްކޫލް
- މާފަންނު ހުރިހާ ދާއިރާއެއް – ހިރިޔާ ސްކޫލް
- ވިލިމާލެ – މުހްޔިއްދީން ސްކޫލް
- ހުޅުމާލެ މެދު އަދި ހުޅުމާލެ ދެކުނު – ގާޒީ ސްކޫލް
- ހުޅުމާލެ އުތުރު – ކާމިލް ދީދީ ސްކޫލް
މާލޭގައި ބަހައްޓާ ރަށްރަށް އަދި ސިޓީތަކުގެ ހުރިހާ ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލުގަ އެވެ. އަދި ރަށްރަށުގައި ބަހައްޓާ ގިނަ ވޯޓުފޮށިތައްވެސް ބަހައްޓަން ހަމަޖެހިފައިވަނީ އެ ރަށެއްގެ ސްކޫލުގަ އެވެ.
އެމްޑީޕީ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު